twitterviber whatsapp telegramfacebookyoutube instagram
30th April 2026

ސިއްހީ ދާއިރާގެ ބައިނަލްއަގުވާމީ ކޮންފަރެންސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ނަބީލާ އިސްމާޢީލް
Jul 18, 2022

ސިއްހީ ދާއިރާގެ ބައިނަލްއަގުވާމީ ކޮންފަރެންސް، އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތުކެއާ ޕްރޮފެޝަނަލްސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

އެ ކޮންފަރެންސަކީ މޯލްޑިވިއަން ނާސިން އެސޯސިއޭޝަން (އެމްއެންއޭ)އާއި އީބީޕީ ހެލްތު ޗެމްޕިއަންސް މޯލްޑިވްސް (އީބީޕީއެޗްސީ މޯލްޑިވްސް) ގުޅިގެން، މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ބަނޑޮސް މޯލްޑިވްސްގައި ބާއްވާ ކޮންފަރެންސެކެވެ.

މި އަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ 'މޫވިން ފްރޮމް ސައިލޯސް ޓު ސިނާޖީ އިން އެވިޑެންސް ބޭސްޑް ޕްރެކްޓިސް' އެވެ. އެ ޝިއާރުގެ ދަށުން ބައިވެރިންނަށް އެހެން ތަފާތު ސިއްހީ ފަންނުތަކުގެ މުވައްޒަފުންނާ އެކު މަޝްވަރާތައްކޮށް، ތަސައްވުރު ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި އަހަރުގެ ކޮންފަރެންސްގައި ދުނިޔޭގެ އެކި ގައުމުތަކުން 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ސިއްހީ ތަޖުރިބާކަރުންނާއި ޔުނިވާސިޓީތަކާއި ދަރިވަރުންނާއި ރިސާޗަރުންނާއި ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުން އަދި ކޮންސަލްޓަންޓުން ހިމެނެއެވެ.

އެ ކޮންފަރެންސްގެ ބައިވެރިންނަށް، ރާއްޖޭގެ މިހާރުގެ އަދި މުސްތަގުބަލުގެ ސިއްހީ ދާއިރާ އަދި ހިދުމަތްތެރިންނާ ގުޅުންހުރި މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355