twitterviber whatsapp telegramfacebookyoutube instagram
28th March 2024

ނޯތު ލީގުގައި ނަރުދޫ އަތުން ފޯކައިދޫއަށް ފަސޭހަ މޮޅެއް

މުޙައްމަދު އަހުމަދު
Jul 18, 2022

އެފްއޭއެމުން އިންތިޒާމުކޮށްގެން ބާއްވާ އެމްޓީސީސީ ނޯތު ލީގުގެ ދެވަނަ ޑިވިޝަނުގެ ގްރޫޕް ބީގައި ފޯކައިދޫން ފަސޭހަކަމާއެކު ނަރުދޫގެ މައްޗަށް ކުރިހޯދާ މޮޅަކުން މުބާރާތް ފަށައިފި އެވެ.

މިމުބާރަތަކީ 2023 ގެ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންސް ވެސްމެ އެވެ. އިއްޔެ ހަވީރު އަމިއްލަ ދަނޑުގައި ފޯކައިދޫއިން ނަރުދޫ ކޮޅަށް 6 ލަނޑު ޖެހި އެވެ. މިމެޗު ނިމުނީ 6 - 1 ން ފޯކައިދޫ މޮޅުވެގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް ފޯކައިދޫންނެވެ. އިބްރާހިމް މުޝީރުގެ ލަނޑުން މެޗުގެ 4 ވަނަ މިނެޓުގައި ފޯކައިދޫއިން ލީޑު ނެގިއިރު އޭގެ 8 ވަރަކަށް މިނެޓުފަހުން ނަރުދޫގެ ހުސެއިން ނަޔާޒް އަތުން ބައިކޮޅަށް ވަން ލަނޑުން ފޯކައިދޫ ލީޑު ފުޅާކުރި އެވެ.

2 ލަނޑުގެ ލީޑަކުން ކުރީގައި އޮވެ ފޯކައިދޫން ފުރަތަމަ ހާފު ނިންމާލި އެވެ. އަދި ދެވަނަ ހާފު ފޯކައިދޫން ފެށީ ވެސް ވަރުގަދަކޮށެވެ. އެހެންނަމަވެސް 50 ވަނަ މިނެޓުގައި ނަރުދޫގެ އަލީ ރަމްޒީ ވަނީ އެޓީމަށް ފަރަގު ކުޑަކޮށްދީފަ އެވެ.

ހަސަން ނަޝީދުގެ ލަނޑުން ފޯކައިދޫ ލީޑު ފުޅާކުރިއިރު އެޓީމުގެ އަނެއް 3 ލަނޑު ޖަހައިދިނީ މުހައްމަދު ރިޝްވާނާއި ހަސަން ނަޝީދުގެ އިތުރުން ފުރަތަމަ ލަނޑު ޖަހައިދިން އިބްރާހިމް މުޝީރެވެ. އިބްރާހިމް މުޝީރާއި ހަސަން ނަޝީދު، މިދެ ކުޅުންތެރިންވަނީ މިއަދުގެ މެޗުގައި ކޮންމެ ކުޅުންތެރިޔަކު ދެލަނޑު ޖަހާފަ އެވެ.

މާދަމާ ވެސް މިމުބާރާތުގެ މެޗެއް ކުޅެވޭނެ އެވެ. އެމެޗުގައި ބައްދަލުކުރާނީ ނަރުދޫއާއި ފުނަދޫ އެވެ. މިމެޗު ވެސް ކުޅެވޭނީ ށ. ފޯކައިދޫ ފުޓްބޯޅަ ދަނޑުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355