twitterviber whatsapp telegramfacebookyoutube instagram
14th July 2026

ކުޅުދުއްފުށީ ބަނދަރުގައި އޮތް ދިޔަވަމުންދިޔަ ލޯންޗަކަށް އެމްއެންޑީއެފްއިން އެހީތެރިވެއްޖެ

ޚަދީޖާ އާދަމް
Jul 19, 2022
5

ކުޅުދުއްފުށި ބަނދަރުގައި އޮތް ދިޔަވަމުންދިޔަ ލޯންޗަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިންގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

"ފްލައިންގ ފިޝް 12" ނަމަކަށް ކިޔާ އެ ލޯންޗަށް ދިޔަވާކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު ހެނދުނު 08:03 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެގޮތުން ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ސިފައިން ވަނީ ލޯންޗު އޮތް ސަރަހައްދަށް ގޮސް ޕަންޕު ބޭނުންކޮށްގެން ލޯންޗުން ފެން ހިއްކުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.

24 ފޫޓުގެ މި ލޯންޗަށް ދިޔަވާން ފެށީ 17 މީހުންނާއެކު ށ ގޮއިދޫން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދަނިކޮށް ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355