twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހުރިހާ މެޗަކުން މޮޅުވެ ނެއްލައިދޫ ކަޕްގެ ޗެމްޕިއަންކަން އެފްސީ ފްރެންޑްސް ހޯދައިފި

މުޙައްމަދު އަހުމަދު
Jul 21, 2022

މުބާރާތުގެ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ނެއްލައިދޫ ކައުންސިލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ފްރެންޑްސް ހޯދައިފި އެވެ.

ބޮޑުއީދާ ދިމާކޮށް ކައުންސިލް ކަޕްގެ ނަމުގައި ކުރިއަށްގެންދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލުގައި ކުލަބް ރެފިއުޖީ އާއި އެފްސީ ފްރެންޑްސް ބައްދަލުކުރި މެޗު 2 ލަނޑު 1 ލަނޑުގެ ހަނި ތަފާތުންނެވެ.

އެފްސީ ފްރެންޑްސްގެ ފުރަތަ ލަނޑު މެޗު ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ޓީމުގެ ފޯވާޑް ޖާޒީ ނަންބަރު 7 ތައުމީން ނޫހު ވަނީ ޖަހާފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން ދަނިކޮށް ރެފިއުޖީގެ މުހައްމަދު ޝާވިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފްރެންޑްސްއަށް ލީޑު ނަގައިދިނީ އެޓީމުގެ އަލީ ޝާހީން ގޯލު ކުރި މައްޗަށް ނަގައިދިން ބޯޅަ ރެފިއުޖީގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ގޯލުގެ ތެރެއަށް ވަނުމުންނެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް ދޭ ފައިސާގެ އިނާމާއި ޓޮރޮފީ އާއި މެޑަލް ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން ހޯމް މިނިސްޓަރު ޝެއިޙް އިމްރާން އަބުދުﷲ އެވެ.

މުބާރާތުގެ ހާއްސަ މަގާމުތައް

- އެންމެ މޮޅު ފޯވާޑް ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފްސީ ފްރެންޑްސްގެ ތައުމީން ނޫހް.
- އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ތައުމީން ނޫހް.
- އެންމެ މޮޅު މިޑް ފީލްޑަރއަކީ ކުލަބް ރެފިއުޖީގެ އަލީ މުޢާޒް.
- އެންމެ މޮޅު ގޯލު ކީޕަރުއަކީ އެފްސީ ފްރެންޑްސްގެ އަހްމަދު ސާހިދު.
- އެންމެ މޮޅު ޑިފެންޑަރުއަކީ ނިކަ ސިޓީގެ މޫސާ ސިނާޒް.
- އެންމެ މަގްބޫލް ކުޅުންތެރިޔަކީ އެފްސީ ފްރެންޑްސްގެ އަހްމަދު ސިރާޖް
- އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ކުލަބް ރެފިއުޖީގެ މުހަންމަދު ނަހުޒާން.
- އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެފްސީ ފްރެންޑްސްގެ ކޯޗު އަބުދުލް ބާރީ.
- ފެއަރ ޕްލޭ ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ދުންމާރިގެ ހުސައިން އީސާ.
- ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ އެފްސީ ދުންމާރި.
- ބެސްޓް ސަޕޯޓާރސް ޓީމްއަކީ ކުލަބް ރެފިއުޖީ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ 25000 ރުފިޔާ އަދި ރަނަރަޕް ޓީމަށް ދޭ 7000 ރުފިޔާގެ ފައިސާގެ އިނާމު ވެސް ވަނީ ދީފަ އެވެ. މި މިމުބާރާތް ކުރިއަށްގޮސްފައިމިވަނީ ދެ އަހަރުގެ ދުވަހުގެ މެދުކެނޑުމަކަށްފަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355