twitterviber whatsapp telegramfacebookyoutube instagram
19th September 2026

ހުއްދައާ ހިލާފަށް ހިންގާ ކޯސްތައް ބަލައެއް ނުގަންނާނަން: އެމްކިއުއޭ

ޚަދީޖާ އާދަމް
Jul 23, 2022
1

ދީފައިވާ ހުއްދައާ ހިލާފަށް ހިންގާ ކޯސްތައް ބަލައި ނުގަންނާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފި އެވެ.

އެ އޮތޯރިޓީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ ހުއްދަ ދީފައިވާ މިންގަނޑުތަކާއި އެކްރެޑިޓޭޝަން ގަވާއިދާ ހިލާފަށް ބައެއް ޕްރޮގްރާމްތައް ހިންގާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެގޮތުން އިއުލާނުގައި ބުނެފައިވަނީ އީ- ލާނިން ޑެލިވަރީ މޮޑަލިޓީ ނުވަތަ އޮންލައިންކޮށް ކިޔެވުމަށް ހުއްދަ ނުދޭ ކޯސްތައް އެ ގޮތަށް އިޝްތިހާރު ކުރަމުންދާކަމަށާއި އެއީ އެމްކިއުއޭގެ އިއުލާނުގައިވާ ގޮތުން ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވައިދާ ހިލާފު ކަމެއްކަމަށެވެ.

ކޮވިޑު-19 އާ ގުޅިގެން ގިނަ ޕްރޮގްރާމްތަކެއް އޮންލައިންކޮށް ހިންގުމުގެ ހުއްދަ އެމްކިއުއޭއިން ދިނެވެ. ނަމަވެސް އާއްމު ހާލަތަށް ރުޖޫއުވެގެން ދިޔަ ނަމަވެސް ބައެއް ކޮލެޖު/ޔުނިވާސިޓީތަކުން އެ ތަންތަނަށް ގެންދިއުމުގެ ބަދަލުގައި އަދި ވެސް ކިޔަވައިދެނީ އޮންލައިންކޮށެވެ.

އެފަދަ މައްސަލަތަށް ބަލައި ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީންގެ ގާނޫނާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާނެކަމަށްވެސް އެމްކިއުއޭއިން ނެރުނު އިއުލާނުގައި ބުނެފައި ވެއެވެ.

މަތީ ތައުލީމް ހާސިލްކުރުމަށްފަހު ވަޒީފާއަކަށް ކުރިމަތިލާއިރު އެ ސެޓްފިކެޓްގެ ސައްހަކަން ކަށަވަރުކުރުމަށް އެމްކިއުއޭއަށް ފޮނުވަން ޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293