twitterviber whatsapp telegramfacebookyoutube instagram
28th March 2024

3 މަންޒިލަކަށް ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ދިރާގުން

ޚަދީޖާ އާދަމް
Jul 25, 2022

ދިރާގުން ޔޫއޭއީގެ އަބޫދާބީ، ދުބާއީ އަދި ތުރުކީގެ އިސްތަންބޫލު ދަތުރެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އެ ކުންފުނީގެ ޕޯސްޓް ޕެއިޑްގެ ހިދުމަތަށް އަލަށް ރަޖިސްޓަރީކުރާ މީހުންގެ މެދުގައި މެދުގައި ކުރިއަށް ގެންދާ އެ ޕްރޮމޯޝަން އިއުލާނު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް މެނޭޖަ އެޑްވަޓައިޒިން، ހަސަން ޝާރިހު އާދަމް ވިދާޅުވީ، ގުރުއަތުން ހޮވޭ މީހުންނަށް ލިބޭ ދަތުރުގެ ހުރިހާ ހަރަދެއް ދޭނެ ކަމަށެވެ.

އެގޮތުން ދެކޮޅު ޓިކެޓާއި ހުރުމުގެ ހަރަދުގެ އިތުރުން އަބޫދާބީ އާއި ދުބާއީގެ ދަތުރުފަތުރުގެ ހަރަދު ވެސް ދިރާގުން ދޭނެ ކަމަށާއި ވަ ދުވަހުގެ އެ ދަތުރު ލިބޭ މީހުން ޝޮޕިން ނުވަތަ ބޭނުންވާ އިތުރު ހަރަދުތައް ކުރުމަށް 1،000 ޑޮލަރު ވެސް ދޭނެ ކަމަށެވެ.

އަންނަ ސެޕްޓަމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ޕޯސްޓު ޕެއިޑްގެ ހިދުމަތަށް އަލަށް ރަޖިސްޓަރީކުރާ މީހުން ޑިޕޮސިޓް ފައިސާ ދައްކާކަށް ނުޖެހޭނެ އެވެ. އާންމު އުސޫލުން ނަމަ ޕޯސްޓް ޕެއިޑް ހިދުމަތް އަލަށް ނަގާ މީހުން ޑިޕޮސިޓް ފައިސާ ދައްކަން ޖެހެ އެވެ.

ދިރާގުގެ ޕޯސްޓް ޕެއިޑް ޕްރޮމޯޝަންގެ ދަށުން 500ރ. އިން މަތީގެ ޕެކޭޖު ނަގާ މީހުންނަށް، ޕެކޭޖު ނަގާ ދުވަހުން ފެށިގެން ތިން މަސް ދުވަހަށް އިތުރު 3 ޖީބީ ޑާޓާ ހިލޭ ލިބޭނެ އެވެ. އަދި ބިލުން 20 ޕަސެންޓުގެ ޑިސްކައުންޓެއް ވެސް ލިބޭނެ އެވެ.

އެ ޕްރޮމޯޝަންގައި 500ރ. އިން ދަށުގެ ޕެކޭޖު ނަގާ މީހުން، ޕެކޭޖު ނަގާ ދުވަހުން ފެށިގެން ތިން މަސް ދުވަހަށް 2 ޖީބީ ޑޭޓާ ހިލޭ ލިބޭނެ އެވެ. އަދި ބިލަށް 20 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355