twitterviber whatsapp telegramfacebookyoutube instagram
16th June 2026

މިނިވަން ދުވަސް ފާހަގަކުރުމަށް ދިރާގުން ހާއްސަ ޕްރޮމޯޝަނެއް

ޚަދީޖާ އާދަމް
Jul 26, 2022

ރާއްޖޭގެ 57 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ހާއްސަ ޕްރޮމޯޝަނެއް އިއުލާނު ކޮށްފިއެވެ. މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 100 ޖީބީގެ ޑޭޓާ އެޑް-އޮން އެންމެ 125 ރުފިޔާ އަށް ނެގޭނެއެވެ.

ދިރާގުބުނީ ޕްރީޕެއިޑް ގެ ކޮންމެ ޕްލޭނަކަށް ސަބްސްކްރައިބް ކުރައްވާފައިވާ ފަރާތަކަށްވެސް މިނިވަންދުވަހުގެ މި ހާއްސަ އެޑް-އޮން އަށް އެޕްލައި ކުރެވޭނެކަމަށާއި މީގެ ތެރޭގައި މަމެން، ސަޅި ޕްރީޕެއިޑް، އަމަރް ޕްރީޕެއިޑް އަދި ހެލޯ ޕްރީޕެއިޑް ޕްލޭންގެ ކަސްޓަމަރުންވެސް ހިމެނޭނެ ކަމަށެވެ.

މި އޮފާރ ކުރިއަށް ދާނީ 26 އިން 31 ޖުލައި 2022 ގެ ނިޔަލަށް 5 ދުވަހުގެ މުއްދަތަކަށެވެ.

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް https://bit.ly/Dhiraagu-App ފަސޭހަކަމާއިއެކު މި އެޑް-އޮން އެކްޓިވޭޓް ކުރެވޭނެއެވެ. ނުވަތަ 343 އަށް‘Data125’ އަށް އެސްއެމްއެސް ކޮށްލައިގެންވެސް މި އެޑް-އޮން ނެގޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.

މި ޕްރޮމޯޝަން އާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް https://bit.ly/100GbAddon

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355