twitterviber whatsapp telegramfacebookyoutube instagram
1st January 2026

އެމެރިކާއިން ރާއްޖެއަށް ސަފީރެއް އައްޔަން ކުރަނީ

ޚަދީޖާ އާދަމް
Jul 28, 2022

އެމެރިކާ އިން ރާއްޖެ އަށް ހާއްސަކޮށް ފުރަތަމަ ފަހަރަށް ސަފީރަކު ހަމަޖައްސަން ނިންމައިފި އެވެ. އެމެރިކާ އިން ރާއްޖެއަށް އާ ސަފީރަކު އައްޔަންކުރުމަށް ރުހުން ހޯއްދެވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އެމެރިކާގެ ކޮންގްރެސްއަށް ވަނީ ނަމެއް ހުށަހަޅުއްވައިފި އެވެ.

އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރަކަށް ހޫގޯ ޔޫ ހޯ ޔޮން އެވެ. ހޫގޯ އަކީ އިންޑިއާގައި ހުންނަ އެމެރިކާގެ އެމްބަސީގެ ޑެޕިއުޓީ މިނިސްޓާ ކައުންސެލާ ފޯ އިކޮނޮމިކް އެފެއާޒްގެ މަގާމު ކުރިން އަދާކުރެއްވި ބޭފުޅެކެވެ. ހޫގޯ ވެގެންދާނީ އެމެރިކާ އިން ރާއްޖެއަށް ހާއްސަކޮށްގެން ކަނޑައަޅުއްވާ ފުރަތަމަ ސަފީރަށެވެ.

މެރިކާ އިން މިހާރު ރާއްޖެއާ ގުޅޭ ކަންކަމުގައި ގޮތް ނިންމަނީ ސްރީލަންކާގައި ހުންނަވާ އެމެރިކާގެ އެމްބަސީ މެދުވެރިކޮށެވެ.

މިވަގުތު ހޫގޯ ހުންނެވީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ސީނިއާ އެޑްވައިޒަރެއްގެ ގޮތުގަ އެވެ. އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޑިރެކްޓަރުކަމާއި އިންޓަނޭޝަނަލް އިކޮނޮމިކްސް އެންޑް ފައިނޭންސްގެ ޑިރެކްޓަރު ކަންވެސް ހޫގޯ ކުރައްވާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355