މިއަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ މަސައްކަތުގައި ބޭނުންކުރުމަށް 1560 ޓެބްލެޓް ލިބިފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓްކްސްއިން ބުނެފި އެވެ. މި މަސައްކަތުގައި ޖުމުލަ 1743 ޓެބްލެޓް ބޭނުންވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓްކްސް އިން ވަނީ ބުނެފަ އެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ފަށާ ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުން ތަމްރީންކުރުމުގެ މަސައްކަޔ
ޖުމްލަ 22 ސެންޓަރެއްގައި ކުރިއަށް ގެންދެވޭ މި ތަމްރީން ތަކުގައި ކުޅުދުއްފުށި ސިޓީ ފިޔަވައި ހއ، ހދ، ށ އަދި ނ އަތޮޅުގައި ބޯހިމެނުމުގެ މުއްދަތުގައި އަމަލީގޮތުން މަސައްކަތްކުރާ ހުރިހާ ކުދިން ތަމްރީން ވެގެންދާނެކަމަށް އެ ބިއުރޮއިން ބުންޏެވެ.
ދިވެހި ދައުލުތުންނާއި ރާއްޖޭގައި ހިންގާ އެކި އޮގަނައިޒޭޝަންތަކުންވެސް ޓެބްލެޓްތައް ވަނީ ފޯރުކޮށްދީފައެވެ.
އޭގެ ތެރޭގައި ވޯލްޑް ބޭންކުން މިހާތަނަށް ވަނީ 300 ޓެބްލެޓް ހަދިޔާކޮށްފައެވެ. ޔޫއެންޑީޕީން 110 ޓެބްލެތް ހަދިޔާކޮށްފައިވާއިރު އޭޑިބީން ވަނީ 50 ޓެބްލެޓް ހަދިޔާކޮށްފައެވެ. އަދި ޔުނިސެފްއިން ވަނީ 100 ޓެބްލެޓް ހަދިޔާކޮށްފައެވެ. ސަރުކާރު ބަޖެޓުން 812 ޓެބްލެޓް ފޯރުކޮށްދިނުމަށް ހަމަޖެހިފަވާއިރު 250 ޓެބްލެޓް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ބޯހިމެނުމުގައި ބޭނުންކުރުމަށް ޓެސްޓުކުރުމުގެ މަސައްކަތް ފައްށާފައިވާކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެއެވެ.
މިފަހަރުގެ ބޯހިމެނުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން އަދި އިގްތިސާދީ މަސައްކަތް ހިންގާ ތަންތަނުގެ ބޯހިމެނުމެވެ. މިގޮތުން ބޯހިމެނުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ތާރީހަކީ ސެޕްޓެމްބަރު މަހުގެ 13 އިން 25 އަށެވެ.
ބޯހިމެނުމަށްޓަކައި މަޢުލޫމާތުތައް ނެގުމަށް މިޓީމުން ތަންތަނަށް ޒިޔާރަތް ކުރާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 އިން އިރުއޮއްސި 6:00 ޖެހުމާއި ދެމެދުގައެވެ.
ރާއްޖޭގެ އާބާދީއާއި ބޯހިމެނުމުގެ ބައެއް މަޢުލޫމާތުތައް އޮކްޓޯބަރު 6 ވަނަ ދުވަހު ޢާއްމުކުރާނެއެވެ. އަދި މުޅި ސަރވޭގެ މަޢުލޫމާތު ހާމަކުރާނީ ޤައުމީ ތަފާސް ހިސާބުތަކުގެ ދުވަސްކަމަށްވާ އޮކްޓޯބަރު 20 ގައެވެ.