twitterviber whatsapp telegramfacebookyoutube instagram
19th April 2024

މަންކީ ޕޮކްސް ޖެހިގެން ސްޕެއިން އާއި ބްރެޒިލްއިން ފުރަތަމަ މަރު!

Jul 31, 2022

މަންކީ ޕޮކްސް ޖެހިގެން ސްޕެއިން އާއި ބްރެޒިލްއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ. އެ މީހާ މަރުވިކަން ޖުލައި 29 ވަނަ ދުވަހު އިއުލާނު ކޮށްފައި ވާއިރު، މިއީ މި ބަލީގައި ވިލާތުގެ ޤައުމަކުން މީހަކު މަރުވި ކަމަށް ރިޕޯޓު ކޮށްފައިވާ ފުރަތަމަ ފަހަރެވެ. އަދި، އެފްރިކާ ބައްރުން ބޭރުން މި ބަލީގައި މަރުވި ދެވަނަ މީހާއެވެ.

ސްޕެއިން އަކީ އެ ބަލި އެންމެ ބޮޑަށް ފެތުރުނު ގައުމުތަކުގެ ތެރެއިން ގައުމެކެވެ. އެގޮތުން އެ ގައުމުން މިހާތަނަށް 4،298 މީހަކަށް އެ ބަލި ޖެހުނެވެ.

އޭގެ ތެރެއިން 3،750 ކޭސްއަކީ މައުލޫމާތު ލިބެން ހުރި ފަރާތްތަކެވެ. އޭގެ ތެރެއިން 120 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދީފައިވާއިރު، އެކަކު އެ ބަލީގައި މަރުވެފައިވާ ކަަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ބްރެޒިލުން އެ ބަލިޖެހިފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ. އެ މީހާއާ ގުޅޭގޮތުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެ މީހާއަކީ އިިމުއިން ސިސްޓަމްގެ މައްސަލަ ހުރި މީހެކެވެ. އޭނާ މަރުވެފައި ވަނީ ބުރާސްފަތި ދުވަހު ކަަމަށް ބަޔާންކޮށްފައި ވެެއެވެ.

ބްރެޒިލް އިން މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުން އެ ބައްޔަށް ފައްސިވެފައި ވެއެވެ.

މަކުނުވިދުރިއަކީ އާންމު ސިއްހަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅައި، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިޔުއެޗްއޯ)އިން އެ ކަން އިއުލާނު ކޮށްފައި ވަނީ ޖުލައި 23 ވަނަ ދުވަހުއެވެ. މި ބަލި ޖެހިފައިވާ މީހުން ދުނިޔޭގެ 75 ގައުމަކުން ފެނިފައި ވާއިރު، މި ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 16,000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ވެސް ޑަބްލިޔުއެޗްއޯއިން ރިޕޯޓު ކުރިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355