twitterviber whatsapp telegramfacebookyoutube instagram
9th March 2026

އައިސީޓީއެސްއާރްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ނަބީލާ އިސްމާޢީލް
Jul 31, 2022

ރާއްޖޭގައި ބާއްވާ ޓޫރިޒަމާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސެއްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ. މި ކޮންފަރެންސް ކުރިއަށްދާނީ ކުރިއަށް އޮތް އޮގަސްޓް 2 ން 5 އަށް އއ. އުކުޅަހުގަ އެވެ.

އައިސީޓީއެސްއާރުގެ މިފަހަރުގެ ޝިއާރު ކަމަށްވާ "ރީތިންކިން ޓޫރިޒަމް، ހޮސްޕިޓާލިޓީ އެންޑް އިވެންޓްސް ފޯ އަ ބެޓާ ފިއުޗާ"ގެ ދަށުން މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވިގެންދާނީ ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ދުނިޔޭގެ ފަތުރުވެރިކަމާއި ގުޅުންހުރި ހަރަކާތްތައް އަލުން ތަރައްގީކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ.

މިގޮތުން މި ކޮންފަރެންސްގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެ ހަރަކާތްތެރިވާ ފަރާތްތަކާއި، ޕޮލިސީ ހަދާ ފަރާތްތަކާއި، އެކަޑަމިކް ބޭފުޅުން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިހާރު ހުރި ގޮންޖެހުންތަކާއި، މި ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މައުލޫމާތު ހިއްސާކޮށް މަޝްވަރާ ކުރާނެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފާހަގަކުރަމުންދާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރެއްގެ ހައިސިއްޔަތުން ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މި ދާއިރާއަށް އިތުރު ކުރިއެރުން ލިބޭނެ ފަދަ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355