twitterviber whatsapp telegramfacebookyoutube instagram
2nd October 2022

ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

ނަބީލާ އިސްމާޢީލް
Aug 2, 2022

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލާ ތިލަމާލެ ބްރިޖުގެ ފުރަތަމަ ތަނބުގެ ބިންގާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު އަޅުއްވައިދެއްވައިފި އެވެ.

އެ މަސައްކަތް ފައްޓަވާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރިންދުރަ މޯދީ އިންޑިއާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފައުންޑޭޝަން ނުވަތަ ތަނބުތައް އެޅުމުގެ މަސައްކަތް އަމަލީ ގޮތެއްގައި މިއަދު ވަނީ މާލޭ އިންޑަސްޓްރިއަލް ސަރަހައްދުގައި ފަށައިފައެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އުމްރާނީ އެންމެ ބޮޑު މަޝްރޫއެވެ. ބްރިޖު އެޅުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކާއި، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ހައިދަރު އާބާދު ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ، މޯލްޑިވްސް-އިންޑިއާ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ކުރަމުން ގެންދާ މަސައްކަތްތައް ގޮސްފައިވާ ހިސާބާއި ގުޅޭ ވީޑިއޯއެއްވެސް ދައްކާފައެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގަމުންދާ 4000 ހައުސިންގ ޔުނިޓްއެޅުމުގެ މަޝްރޫއުގެ މައުލޫމާތުވެސް އެވީޑިއޯގައި ހިމަނާފައިވެއެވެ.

އިންޑިއާއަކީ ރާއްޖޭގެ އުމުރާނީ ތަރައްޤީގައި މުހިއްމު ބައިވެރިއަކަށް އެކެވެ. އިންޑިއާގެ އެހީގައި ރާއްޖޭގައި މުހިއްމު ބޮޑެތި މަޝްރޫއުތައް ހިންގިފައި ވާއިރު، މިހާރުވެސް ގިނަ މަޝްރޫއުތަކެއް ހިނގަމުންދެއެވެ. މިދައުރުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައި ވާއިރު، މިހާރުވެސް ތަރައްޤީގެ ބިޔަ މަޝްރޫއުތައް ދަނީ ހިންގަމުންނެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355