twitterviber whatsapp telegramfacebookyoutube instagram
30th October 2026

ދިއްދޫގައި 75 ރޯހައުސް އަޅަން ބަޔަކާ ހަވާލުކޮށްފި، ޕްރޮޖެކްޓްގެ އަގަކީ 120 މިލިއަން

ނަބީލާ އިސްމާޢީލް
Aug 10, 2022

ހއ. ދިއްދޫގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 75 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

120،405،400.00 ރުފިޔާގެ މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ އެވެ. 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫއުގައި ހިމެނޭނީ 700 އަކަފޫޓްގެ 75 ރޯހައުސްއެވެ.

ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން އަޅާ މި ރޯހައިސްތަކުގައި ހިމެނޭނީ 3 ކޮޓަރި، 3 ފާހާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ ރޫމް އަދި ސްޓޯރޫމެކެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިންގ ޑިޕާޓްމެންޓްގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިސާމް ނަސީމެވެ. އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއިކުރީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝާހިދު އެވެ.

މިހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމްކުރުމަށްޓަކައި ޔުނީޓް ވަށައިގެން އަލިކުރެވި،ޕާކަކާއި ވެހިކަލް ޕާކްކުރާނެ ސަރަހައްދެއް ގާއިމްކުރާނެކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293