twitterviber whatsapp telegramfacebookyoutube instagram
25th September 2026

ނޮޅިވަރަންފަރު ނެރު ފުންކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Sep 7, 2023

ހދ ނޮޅިވަރަންފަރު ނެރު ފުންކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރުމަށް، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ.

ނޮޅިވަރަންފަރު ނެރު ފުންކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ކަނޑިންމައިގައި ހުރި ގާތައް ނަގައި ނެރު ފުންކުރާއިރު، މި މަޝްރޫއަށް 5.7 މިލިއަން ރުފިޔާ ހޭދަވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293