twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ ސިއްހީ ހިދުމަތަށް ސަރުކާރުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިދީފައި: ސިޓީ ކައުންސިލް

ނަބީލާ އިސްމާޢީލް
Aug 15, 2022
4

މިސަރުކާރުން ކުޅުދުއްފުށީގެ ސިއްހީ ހިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދީފިކަމަށް ކުޅުދުއްފުށީ ސިޓީކައުންސިލުން ބުނެފި އެވެ. ސިޓީ ކައުންސިލުން މިކަން ފާހަގަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި އެކު މިދިޔަ ހޮނިހިރު ދުވަހު ހަވީރު ސިޓީކައުންސިލް އިދާރާގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މިބައްދަލު ކުރެއްވުމުގައި ސިޓީކައުންސިލްގެ މެމްބަރުން ވިދާޅުވީ، ކުޅުދުއްފުށީގެ ސިއްހީހާލަތު ރަނގަޅު ކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށާއި ކުޅުދުއްފުށިސިޓީގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އަވަސްކުރަން ބޭނުންވާކަމަށެވެ.

ސަރުކާރުން މީގެކުރިން ބުނެފައިވާ ގޮތުގައި ކުޅުދުއްފުށިސިޓީގައި ގާއިމްކުރާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތަށް ބޭނުންވާ ފަންޑު ހަމަޖެހި މިހާރު އެމަޝްރޫއު އޮތީ ޑިޒައިން ކުރުމުގެ މަރުހަލާގައެވެ.

މިބައްދަލުވުމުގައި މެމްބަރުން އިތުރަށް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ކުޅުދުއްފުށިގެ އެއާޕޯޓު ހިމެނޭ ސަރަހައްދުގައި ރިވެޓްމެންޓްޖެހުމާއި ލައިޓް ޖެހުމުގެ މަސައްކަތް އަވަހަށް ނިންމައި ރޭގަނޑު އެ އެއާޕޯޓަށް ދަތުރު ކުރެވޭ ގޮތް ހެދުން ހިމެނެއެވެ. އަދި ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަން ހައްލުކުރުމާއި، ޑިޓޮކްސް ހިދުމަތްދެވޭނެ އިންތިޒާމާއި ޓިވެޓް ސެންޓަރެއް ގާއިމުކުރުމާ ގުޅޭ ވާހަކަތައް ކައުންސިލް މެމްބަރުން ފާހަގަ ކުރިއެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކުޅުދުއްގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި މަޝްރޫއުތައް އަވަސްކޮށްދިނުމަށާއި މިހާރު ހުރި ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކުޅުދުއްފުށީ ސިޓީކައުންސިލާއި ސަރުކާރުގެ މިނިސްޓްރީތަކާއި ދެމެދު ރަނގަޅު ގުޅުމެއް އޮތްކަން ނައިބު ފާހަގަކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355