twitterviber whatsapp telegramfacebookyoutube instagram
27th July 2026

ހޯރަފުށީގައި ރެސިން ފީފާ ގޮވައި އަނިޔާވި މީހާގެ ހާލު ރަނގަޅު

އަބްދުލް ވާހިދު ޙަސަން
Aug 18, 2022

ވެލްޑިންގ ކުރުމުގެ ތެރޭގައި ރެސިން ހުސްކުރި ފީފާއެއް ގޮވައި މީހަކު ފިހިއްޖެ އެވެ. ހއ ހޯރަފުށީގައި އިއްޔެ ހަވީރު 6 ޖެހިއިރު ހިނގި މި ހާދިސާގައި ފިހިފައިވަނީ 61 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ރެސިން ހުސްކުރި ފީފާއެއް މަތީ ދަގަނޑުގަނޑެއްގައި ބާއްވައިގެން ވެލްޑިންގ ކުރުމުގެ ތެރޭގައި ކަމަށެވެ.

ރެސިންގ ފީފާ ގޮވި އަޑު ވަރަށް ބާރަށް ރަށުތެރެއަށް އިވުނުކަމަށް އޭނާ ބުންޏެވެ. އެރަށުން ވާހަކަދެއްކި މީހާ ބުނިގޮތުގައި ބޮޑަށް ފިހިފައިވަނީ ކަނާތު ފަޅި ކަމަށާއި އެކަމަކު ވާތު އަތާއި މޫނާއި ގައިގެ އެކި ތަންތަން ފިހިފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނެސްފައިވަނީ ރޭގަ ވަގުތެއްގައި އެވެ. ކޭއާރުއެޗުން ބުނީ މި ހާދިސާގައި އަނިޔާވި މީހާގެ ހަށިގަނޑުގެ 12 އިންސަތައި ފިހިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށެވެ.

ހޮސްޕިޓަލުން ބުނީ، އެ މީހާގެ ހާލު ރަނގަޅުކަމުގައިވިޔަސް ދޭން ޖެހޭ އިތުރު ފަރުވާތައް ދެމުންގެންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355