twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އިމުގެ މައްސަލައިގައި ހޯރަފުށީ ކައުންސިލްގެ އިންތިހާ ތައުރީފު ރައީސަށް

މުހައްމަދު ތަކުރުފާނު ފަދައިން އަލިރަސްގެފާނު ފަދައިން އަދި ދޮންބަންޑާރަ ފަދައިން ރައީސް ސޯލިހުގެ ނަންފުޅު ތާރީހީ ފަތްފުއްތަކުގައި ލިޔެވިދާނެކަމީ ޝައްކެއްނެތްކަމެއްކަމަށް ހޯރަފުށީ ކައުންސިލް ބަޔާނުގައިވެ އެވެ.

އަބްދުލް ވާހިދު ޙަސަން
Apr 29, 2023

ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެ ގައުމުގެ ފުށުއަރާ ކަނޑުގެ ސަރަހައްދު ރާއްޖެއިން ވަކާލާތުކުރި ގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުމާ ގުޅިގެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަސައްކަތްޕުޅަށް ހއ ހޯރަފުށީ ކައުންސިލުން ތައުރީފު ކުރައްވައި ނޫސްބަޔާނެއް ނެރެފި އެވެ.

ހޯރަފުށީ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ އިމުގެ ސަރަހައްދަށް 4687 އަކަ ކިލޯ މީޓަރުގެ ބޮޑު ބައެއް އިތުރުވެފައިވާ ކަމަށެވެ. އަދި މިއީ ދިވެހިންނަށާއި ދިވެހި މަސްވެރިންނަށް އަދި ޖުމްލަކޮށް ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް އެ ނޫސްބަޔާނުގައިވެ އެވެ.

"
ދިވެހިންގެ ދިވެހިރާއްޖެ ދިވެހިންނަށް އަބުރާ "ލިބިގެންދިއުމީ" ދިވެހި ތާރީހުގައި ރަންއަކުރުން ލިޔެވޭނެ ކަމަށެވެ.
ހޯރަފުށީ ކައުންސިލްގެ ނޫސްބަޔާން

ރައީސް ސޯލިހަށް ވަރަށް ވަރަށް ތައުރީފުކޮށްފައިވާ އެ ނޫސްބަޔާނުގައި ބުނެފައިވަނީ މިއަގުބޮޑު ރައުސުލްމާލު ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހްގެ ހިކުމަތްތެރިކަމާއި ދުރުވިސްނުންފުޅުގެ ސަބަބުންކަމީ ދެބަސްވެވެން ނެތް ހަގީގަތެއްކަމަށެވެ.

އަދި މިއީ ރައީސްގެ ހާރިޖީ ސިޔާސަތު ފުރިހަމައަށް ކާމިޔާބުވެއްޖެކަމުގެ ވަރުގަދަ ރަމުޒެއްކަމަށާއި އެކަމަށްޓަކާ ރައީސް އިބުރާހިމް މުހައްމަދު ސޯލިހަށް ހޯރަފުށީ ރައްޔިތުންގެ ހިތުގެ އުމުގުން އުތުރިއަރާ މަރުހަބާ އާއި ޝުކުރުގެ ޖިޒީތައް ބަރުތީލަކުރާކަމަށް އެ ބަޔާނުގައިވެ އެވެ.

"މުހައްމަދު ތަކުރުފާނު ފަދައިން އަލިރަސްގެފާނު ފަދައިން އަދި ދޮންބަންޑާރަ ފަދައިން ރައީސް ސޯލިހުގެ ނަންފުޅު ތާރީހީ ފަތްފުއްތަކުގައި ލިޔެވިދާނެކަމީ ޝައްކެއްނެތްކަމެކެވެ." ރައީސް ސޯލިހަށް ވަރަށް ބޮޑަށް ހުޝާމަދުކުރައްވަމުން ހޯރަފުށީ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

"
މުހައްމަދު ތަކުރުފާނު ފަދައިން އަލިރަސްގެފާނު ފަދައިން އަދި ދޮންބަންޑާރަ ފަދައިން ރައީސް ސޯލިހުގެ ނަންފުޅު ތާރީހީ ފަތްފުއްތަކުގައި ލިޔެވިދާނެކަމީ ޝައްކެއްނެތްކަމެކެވެ
ހޯރަފުށީ ކައުންސިލްގެ ބަޔާން

ބަޔާން ނިންމާލަމުން ބުނެފައިވަނީ ރާއްޖޭގެ ތާރީހުގައި ދިވެހިން ދުށް، ރައްޔިތުންނަށް އެންމެ އޯގާތެރި އަދި އެންމެ ތެދުވެރި ލީޑަރަކީ ރައީސް ސޯލިހުކަން ޗާގޯސް މައްސަލަ ނިމުމާއެކު ރައްޔިތުންނަށް އިތުރަށް އެނގި ހާމަވެގެން ހިނގައްޖެ ކަމަށެވެ.

" ހޯރަފުށީ ރައްޔިތުން އަބަދުވެސް ތިބީ މަނިކުފާނުގެ ފަހަތުފައެވެ. މަނިކުފާނުގެ ސަރުކާރާއެކުގައި." ބަޔާނުގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355