twitterviber whatsapp telegramfacebookyoutube instagram
13th October 2026

ހޯރަފުށީގައި 30 އެނދުގެ އާ ހޮސްޕިޓަލެއް އަޅަން ހަވާލުކޮށްފި

Aug 21, 2023

ހއ ހޯރަފުށީގައި 30 އެނދުގެ އާ ހޮސްޕިޓަލެއް އަޅަން ބަޔަކާ ހަވާލުކޮށްފި އެވެ. ހެލްތް މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސްއިން ޖޮއިންޓް ވެންޗަރ ވިތު ފްލެކްސިން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.

ޒަމާނީ ވަސީލަތްތަކާއި ހިދުމަތްތަކާއެކު، ހޯރަފުށީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވަނި 30 އެނދުގެ ހޮސްޕިޓަލަކީ އަތޮޅުތަކުގެ 34 ރަށެއްގެ ސިއްހީ މަރުކަޒާއި ހޮސްޕިޓަލްތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

85.7 މިލިއަން ރުފިޔާއަށް، 1 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައިި ނިންމާގޮތަށް އެކުންފުންޏާއި ހަވާލުކޮށްފަިއވަނީ ހޮސްޕިޓަލްގެ އިމާރާތް އެޅުމުގެ މަސައްކަތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293