twitterviber whatsapp telegramfacebookyoutube instagram
23rd August 2026

އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

Aug 20, 2022
1

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނިން ވިއްކާ ތެލުގެ އަގު ހެޔޮކުރަން ނިންމާފައިވާ ކަމަށެވެ.

އަގަށް ގެނައި ބަދަލާ އެކު އެސްޓީއޯއިން 16.77ރ. އަށް ވިއްކަމުން އައި ޑީސަލް ލިޓަރެއް ދެން ވިއްކާނީ 16.32ރ. އަށެވެ. މިއީ 45ލ. ހެޔޮ އަގެކެވެ. ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 16.55ރ. އިން 15.97ރ. އަަށް ހެޔޮކޮށްފަ އެވެ. މިއީ 58ލ. ގެ ހެޔޮވުމެކެވެ.

އެސްޓީއޯ އިން ބުނީ ރާއްޖޭގެ މާކެޓަށް ދެމެހެއްޓެނިވި ގޮތެއްގައި ތެޔޮ ފޯރުކޮށްދޭން މަސައްކަތްކުރި ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކާ ހުރެ ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

އެންމެ ފަހުން އެސްޓީއޯ އިން ތެލުގެ އަގަށް ބަދަލުގެނައީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެ ފަހަރު ޕެޓްރޯލް ލިޓަރަކުން ވަނީ 1.95ރ. ބޮޑުކުރި އެވެ. އަދި ޑީސަލް ލީޓަރަކުން 1.97ރ. ބޮޑުކުރި އެވެ.

އެސްޓީއޯ އިން ތެލުގެ އަގު ހެޔޮ މިކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ދާން ފެށުމުންނެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ތެލުގެ އަގު ދަށަށް ދާނެ ކަމަށް ލަފާކުރެވެއެވެ. އެއީ ބައެއް ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު އިތުރު ކުރަން މިހާރު އެއްބަސްވެފައި ވުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355