ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމަށް ބޭފުޅަކު ހަމަޖައްސައި މިއަދު ވަޒީފާއަށް ނުކުންނަވަން ފައްޓަވައިފި އެވެ.
އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމަށް ހަމަޖެއްސީ ވައިކަރަދޫއަށް އުފަން ބޭފުޅެއްކަމަށްވާ އަހުމަދު ނިޔާޒެވެ.
ނިޔާޒު މީގެ ކުރިން އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ށ ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގެ އިތުރުން ވައިކަރަދޫގައި ހުންނަ ހދ އަތޮޅު މަދަރުސާގެ ލީޑިންގ ޓީޗަރުގެ މަގާމުގެ އިތުރުން އެ ސްކޫލް އެކޮނޮމިކްސް ޓީޗަރުގެ މަގާމު އަދާކުރެއްވި އެވެ.
އޭނާ އެންމެ ފަހުން ހުންނެވީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އެކޮނޮމިކްސް ޓީޗަރެއްގެ ގޮތުގައި އެވެ. ނިޔާޒް ތައުލީމީ ދާއިރާއިން މާސްޓާސް ހައްދަވާފައިވަނީ މަންދު ކޮލެޖުންނެވެ.
ޑެޕިއުޓީ ޕްރިންސިޕަލުންގެ މަގާމަކީ އާންމުކޮށް ހުޅުވާލައިގެން އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ މެދުގައި އިންޓަވިއުކޮށްގެން ނަގައި މަގާމެކެވެ.