twitterviber whatsapp telegramfacebookyoutube instagram
8th May 2024

ކުރިއަށް އޮތް އިންތިހާބު އެމްޑީޕީ ނޫންބަޔަކަށް ކާމިޔާބުވާތަނެއް ނުފެނޭ: ރައީސް

ނަބީލާ އިސްމާޢީލް
Aug 22, 2022
1

އެމްޑީޕީ ނޫން ބަޔަކަށް ކުރިއަށްއޮތް ރިޔާސީ އިންތިހާބު ކާމިޔާބުވާތަނެއް ފެނިވަޑައި ނުގަންނަވާ ކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގައި އިއްޔެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ކޮންގްރެސް އެހާ ފުރިހަމަ ކަމާއި އެކީ ނިންމާލެވުމުން ދެން އެބޭފުޅުންގެ ވިސްނުން ބަހައްޓަންވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ވިސްނުން ދެން ބައްޓަންކުރަންވީ 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްކަމަށާއި ވާދަވެރިން ބަލިކުރުމަށް އެމްޑީޕީގެ ހުރިހާ މެންބަރުން އަޒުމް ކަނޑައެޅުމަށް ގޮވާލެއްވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުން ދެން ބަހައްޓަންވީ، އަމާޒުކުރަންވީ ކުރިއަށް މިއޮތް ރިޔާސީ އިންތިހާބަށް. އެކަތިގަނޑެއްގެ ގޮތުގައި ތިބެ އަޅުގަނޑުމެންގެ ވާދަވެރިން ކުރިއަށް އޮތް އިންތިހާބުން ބަލިކުރުމަށް އަޅުގަނޑުމެން އެއް އަޒުމެއްގައި ނިކުންނަންވީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއީ ބޮޑު ޕާޓީއެއް ތާއީދު އޮތް ޕާޓީއެއް ސިޔާސަތުތައް ފުރިހަމަ ޕާޓީއެއް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާ ތަނެއް އަޅުގަނޑަކަށް ނުފެނޭ،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންގްރެސް ފެށިއިރު ޕާޓީގެ ތެރޭގައި އޮތް ޚިޔާލުތަފާތުވުންތައް ޕާޓީގެ ދެ ލީޑަރުން އެއްގޮތްކުރެއްވުމުން، ކޮންގްރެސްމަނުން ވަނީ ވަރަށް ބޮޑަށް ތަޢުރީފްކުރައްވާފައެވެ. އަދި ކޮންގްރެސް ނިންމާލެއްވީ ދެ ރައީސުން ސްޓޭޖުމަތީގައި ސަލާމްކުރެއްވުމާއެކުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355