twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޓެކްސީގައި ކެމަރާ ހަރުކުރަން މަޖުބޫރުކުރަނީ

ނަބީލާ އިސްމާޢީލް
Aug 24, 2022
1

ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރުން ލާޒިމްކޮށް ޓެކްސީގެ ގަވައިދަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.

އަލަށް ގެނެވުނު ބަދަލާއެކު މިހާރު ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރަން ޖެހޭނެއެވެ. ޓެކްސީގެ ހިދުމަތްދޭ ހުރިހާ ވަގުތެއްގައި ޑޭޝް ކެމެރާއިން ރެކޯޑްކޮށް އެ ރެކޯޑިން، މަދުވެގެން ހަތް ދުވަހަށް ބަހައްޓަންޖެހޭނެ ކަމަށް އިއްޔެ ގެޒެޓްކުރި ގަވައިދުގައި ވަނީ ބުނެފައެވެ.

މިގަވައިދުގައި ކާރު ޓެކްސީގެ މިންގަނޑުތަކަށް ގެނައި ބަދަލުގައި ބުނެފައިވާ ގޮތުން ކޮންމެ ޓެކްސީ ކާރެއްގައި ވެސް ދަތުރުތަކުގެ އަގު ލިސްޓު ފެންނަ ގޮތަށް ބަހައްޓަންޖެހެއެވެ. އަދި ޓެކްސީ ކާރުތައް އެއާކަންޑިޝަން ކޮށްފައި ހުރުމަކީ ވެސް ޝަރުތެކެވެ.

އެއާކަންޑިޝަން ކޮށްފައި ހުއްޓާ ދިމާވާ މައްސަލައެއްގެ ސަބަބުން އެއާކަންޑިޝަން މަސައްކަތް ނުކުރާ ނަމަ އެކަން ދަތުރުކުރާ ފަރާތްތަކަށް ކުރިން އެންގުމާއި އެފަދަ ހާލަތެއްގައި، ވައި ދައުރުވާ ގޮތަށް ޓެކްސީގެ ދޮރުތައް ހުޅުވާފައި ބެހެއްޓުމަށް ގަވައިދުގައިވެއެވެ.

އާ ގަވައިދަށް މިހާރު ވަނީ "ޕްރައިވެޓް ހަޔަ" ގެ ހިދުމަތް ދިނުމާ ބެހޭ ބައިވެސް އިތުރުކޮށްފައެވެ. މި ގަވައިދަކީ ޓެކްސީ ސެންޓަރެއް މެދުވެރިނުކޮށް މިނިސްޓްރީން އާންމުކުރާ މިންގަނޑުތަކަށް ފެތޭ ވެބްސައިޓެއް ނުވަތަ އެޕްލިކޭޝަނެއް މެދުވެރިކޮށް ދޭ ޓެކްސީގެ ހިދުމަތެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ފަހުގެ ތައްޔާރީތައް ވަމުން އަންނަ މި ދަނޑިވަޅާ ދިމާކޮށް ޓެކްސީގެ ގަވައިދަށް ބަދަލުތަކެއް ގެނެސްފައި މި ވަނީ ދަތުރުވެރިންނަށް ފަސޭހަކުރުމަށްކަމަށް ބެލެވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ދާދި ފަހުން ވަނީ ޓެކްސީ ޑްރައިވަރުންގެ ޑިމާންޑްކުރުމުން، ހިދުމަތުގެ އަގު ބޮޑުކުރުމަށް ވެސް ހުއްދަ ދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355