twitterviber whatsapp telegramfacebookyoutube instagram
19th September 2026

އަލިފާނުގެ ހާދިސާގައި އަނިޔާވި ދެ މައިންގެ ހާލު ރަނގަޅު: ކޭއާރުއެޗް

އަބްދުލް ވާހިދު ޙަސަން
Aug 27, 2022

ހދ ނޮޅިވަރަންފަރުގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ދެ މައިންގެ ހާލު ރަނގަޅުކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

މިއަދު ހެނދުނު 6:30 - 7:00 އާ ދެމެދު ހިނގި މި ހާދިސާ ހިނގަން މެދުވެރީ އުނދުނުން ގޭސް ލީކްވެފައި ހުއްޓައި އުނދުން ރޯކޮށްލެވިގެން ކަމަށެވެ. މިހާދިސާގައި އަނިޔާވީ 32 އަހަރުގެ އަންހެނަކަށާއި އޭނާ ދެ އަހަރުގެ ދަރިފުޅަށެވެ.

އެ ދެ މައިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނެސްފައިވަނީ މިއަދު ހެނދުނު 9:45 ހާއިރު އެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ އޮފިސަރު މުހައްމަދު މޫސާ މިއަދު ކޭއޯއަށް ވިދާޅުވީ، އަލިފާނުގެ ހާދިސާގައި އަނިޔާވި ދެ މައިން ހާލުވެސް ރަނގަޅު ކަމަށެވެ. އެ މީހުންނަށް މިހާރު ފަރުވާދެނީ ވޯރޑަށް ނެރެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަންހެން މީހާގެ 15 އިންސަތަ ފިހިފައިވާއިރު ކުޑަކުއްޖާގެ ހަށިގަނޑުގެ ނުވަ އިންސަތަ ފިހުނު ކަމަށެވެ. ބޮޑަށް ފިހިފައިވަނީ ދެ އަތާއި ފައި ތިލަ އެވެ. އެއް ޑިގްރީއަށް މޫނު ފިހިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު ވިދާޅުވީ، ފަރުވާ ދިނުމަށްފަހު، ދެ ތިން ދުވަހެއްގެ ތެރޭގައި ދެ މައިންވެސް ހޮސްޕިޓަލުން ދޫކޮށްލެވޭވަރު ވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293