twitterviber whatsapp telegramfacebookyoutube instagram
5th October 2026

މަރުވެފައިވާ މީހަކު ހޯދަން އިއުލާން ކުރެވުނީތީ ފުލުހުން މާފަށް އެދިއްޖެ

ނަބީލާ އިސްމާޢީލް
Aug 28, 2022
1

ފުލުހުންގެ ތަހުގީގަށް ނިޔާވެފައިވާ މީހަކު ހާޒިރުވާން އެންގުނީ އޮޅުމަކުން ކަމަށްބުނެ ފުލުހުން މާފަށް އެދިއްޖެ އެވެ.

ފުލުހުންގެ ވެބްސައިޓްގައި މިއަދު ކުރި އިއުލާނުގައި ވަނީ އދ. ދަނގެތި/ ފެހިވިލާ، ޝަކްލުﷲ ޢަލީ (43އ) ފުލުހަށް ހާޒިރުވާން އަންގައި އިއުލާނެއް ކޮށްފައެވެ.

ޝަކްލުاللهގެ ފޮޓޯ ފުލުހުން މިއަދު އާންމުކުރިއިރު އޭނާ ވަނީ މިދިޔަ އަހަރުގެ ޖޫން 19 ވަނަ ދުވަހު ނިޔާވެފަ އެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ.

ފުލުހުން ބުނީ އެ އިއުލާން ކުރެވުނީ އިދާރީ އޮޅުމަކުން ކަމަށެވެ. އެކަމަށްޓަކައި މަރުވެފައިވާ މީހާގެ އާއިލާއާއި އާންމުންގެ ފަރާތުން ފުލުހުން ވަނީ މާފަށް އެދިފައެވެ.

އަދި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މިފަދަ ކަންކަމުގައި އަމަލުކުރަމުންގެންދާ އުސޫލްތަކަށް ގެންނަ ޖެހޭ ބަދަލުތައް އެ މުއައްސަސާއިން ގެންނާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ފުލުހުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293