twitterviber whatsapp telegramfacebookyoutube instagram
19th June 2026

ހދ އަތޮޅާމެދު ސަރުކާރުން ފަހަތު ފަޔަށް ބުރަވާތަން ފެނޭ: އަމީން

އަބްދުލް ވާހިދު ޙަސަން
Sep 4, 2022
1

ހދ އަތޮޅާ މެދު ސަރުކާރުން ފަހަތު ފަޔަށް ބުރަވާން ތަން ފެންކަމަށް ވިދާޅުވެ، ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުހައްމަދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

"ޔާސިރު އުންމީދުކުރެއްވި ގޮތަށް އޮގަސްޓްމަހުގެ ނިޔަލަށް އެއާޕޯޓް ރަންވޭގައި ލައިޓް ނުޖެހުނު" މި ސުރުހީގެ ދަށުން ކޭއޯގައި ޝާއިރުކުރި ހަބަރެއް ޝެއަރކުރައްވަމުން އަމީން ވިދާޅުވީ، ސަރުކާރަށް ހަތަރު އަހަރު ވެގެންދިޔައިރު ކުޅުދުއްފުށީ އެއާޕޯޓްގައި ލައިޓް ނުޖެހި ހުރުމަކީ މުޅި ބޮޑުތިލަދުންމައްޗަށް ލިބިގެންދިޔަ ނިކަމެތި ކަމެއް ކަމަށެވެ.

"ހދ އަތޮޅާމެދު ސަރުކާރުން ފަހަތުފަޔަށް ބުރަވާތަން ފެނޭ. ސަރުކާރުގެ 4 އަހަރު ނިމިދިޔައިރު ކުޅުދުއްފުށީ އެއާޕޯޓް ލައިޓް ނުޖެހި ހުރުމަކީ މުޅި ބޮޑުތިލަދުންމައްޗައް ލިބިފައިވާ ނިކަމެތިކަމެއް." ކުމުންދޫ ކައުންސިލްގެ ރައީސްކަންވެސް ކުރައްވާ އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހދ ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ނުފެށި ލަސްވަމުންދިޔުމަކީވެސް މިސަރަހައްދުގެ އިގްތިސޯދުކުރިއެރުވުމަށް ލިބިގެންދާ ހީނަރުކަމެއްކަމަށެވެ.

އަމީން ފާހަގަކުރެވިފައިވަނީ އަތޮޅާއި ސަރަހައްދުގެ ތަރައްގީއަށް ވަރަށް ބޮޑަށް ވަކާލާތުކުރައްވާ ބޭފުޅެއްގެ ގޮތުގައި އެވެ. މީގެ ކުރިންވެސް އަމީން ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށީ ރީޖަނަލް ޕޯޓް ތަރައްގީކުރުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355