twitterviber whatsapp telegramfacebookyoutube instagram
29th April 2026

މަޑުކޮށްލާނެ ހިތްފަސޭހަ ސަރަހައްދަކާއެކު ކުމުންދޫގައި ތަރައްގީކުރި މޮނިއުމަންޓް ހުޅުވައިފި

އަބްދުލް ވާހިދު ޙަސަން
Jan 17, 2026

މީހުން މަޑުކޮށްލާނެ ހިތްފަސޭހަ ސަރަހައްދެއް ހިމަނައި ތަރައްގީކުރި މޮނިއުމަންޓް އާންމުނަން ބޭނުންކުރެވޭނެހެން ހުޅުވާލައިފި އެވެ.

ކުމުންދޫ ކައުންސިލުން ތަރައްގީކުރި މިތަން ހުޅުވައިދެއްވީ ހުކުރުދުވަހު ހަވީރު އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލް ރައީސް އަމީން މުހައްމަދެވެ.

ގާތްގަނޑަކަށް 350،000 ރުފިޔާ ހަރަދުގެ ތަރައްގީކުރި މި މޮނިއުމަންޓް ސަރަހައްދު ތަރައްގީކުރީ މީހުން އައިސް މަޑުކޮށްލާނެ ހިތްފަސޭހަ ފެހި ސަރަހައްދެއް ހިމަނައިގެންނެވެ. އަދި އެ ސަރަހައްދުގައި ބެންޗު ބަހައްޓާ، ގަސްތަކުގައި ޖޯލި ހަރުކޮށްފައިވެ އެވެ.

ތާނައަކުރުން ކުމުންދޫގެ ނަން ލިޔެފައި ހުރި މި މޮނިއުމަންޓް ތަރައްގީކޮށްފައިވަނީ އެރަށުގެ ބަނދަރު ސަރަހައްދުގަ އެވެ.

މި މޮނިއުމަންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މުއައްސަސާތަކުގެ ވެރިންނާއި ގިނަ އަދަދެއްގެ އާންމުންނާއި ކުޑަކުދިން ބައިވެރިވި އެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނައި ހެޔޮ ބަދަލުތަކާއެކު ރަށްތައް ތަރައްގީކުރަން ލިބުނު ބާރާއެކު ގިނަ ރަށު ފެންވަރުގައި ކައުންސިލްތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355