twitterviber whatsapp telegramfacebookyoutube instagram
29th March 2026

ކުމުންދޫ ރައީސް ޑިމޮކްރެކްޓްސްއާ ގުޅިއްޖެ

އަބްދުލް ވާހިދު ޙަސަން
May 29, 2023

ހދ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ދަ ޑިމޮކްރެކްޓްސް ޕާޓީއަށް ސޮއިކުރައްވައިފި އެވެ. އަމީން މީގެ ކުރިން ހުންނެވީ ވެރިކަން ކުރައްވާ ޕާޓީކަމުގައިވާ އެމްޑީޕީގަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ ތިއްބަވައިގެން އުފައްދާ 'ދަ ޑިމޮކްރެޓްސް' ޕާޓީއާ އަމީން ސޮއިކުރައްވާފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

"ވޭތުވެދިޔަ 13 އަހަރު އެމްޑީޕީގައި މަސައްކަތް ކުރީ އެމްޑީޕީއަކީ އަޅުގަނޑު ގަބޫލުކުރާ ސިޔާސަތު ތަކެއްގެ މައްޗަށް އުފެދިފައިވާ ޕާޓީއަކަށްވުމުން، މިއަދު މިވަނީ އެމްޑީޕީގެ އަސްލު އުސޫލުތަކާއި ހަމަތަކުން ނެއްޓިފަ." އަމީން ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.

އަމީންއަކީ ކުމުންދޫ ކައުންސިލްގެ ތިންވަނަ ދައުރުވެސް ރައީސެވެ. އޭނާ ވަނީ ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355