twitterviber whatsapp telegramfacebookyoutube instagram
25th April 2024

އަތޮޅު ކައުންސިލުން މާލެއަށް ކުރި ދަތުރުގައި މުހިންމު ތިން މިނިސްޓްރީއަކާ ބައްދަލެއް ނުވި

ނަބީލާ އިސްމާޢީލް
Sep 19, 2022
3

އަތޮޅުގެ ރަށްރަށުގައި ހުރި މުހިންމު ކަންބޮޑުވުންތަކާބެހޭ ގޮތުން މާލޭގެ ވުޒާރާތަކާއި މުއައްސަސާތަކާއެކު މަޝްވަރާކުރެއްވުމަށް ހދ އަތޮޅު ކައުންސިލުން މާލެއަށް ކުރި ދަތުރުގައި މުހިންމު ތިން މިނިސްޓްރީއަކާ ބައްދަލުނުވެ ދަތުރު ނިންމާލައިފި އެވެ.

ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުހައްމަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ ރަށްރަށުގައި ހުރި މުހިންމު ކަންބޮޑުވުންތަކާބެހޭ ގޮތުން މާލޭއަށްކުރި ދަތުރު މިއަދު ނިމިފައިވާ ކަމަށާއި ނަމަވެސް މި ދަތުރުގައި މުހިންމު 3 މިނިސްޓްރީއަކާ ބައްދަލު ނުވިކަމަށެވެ.

އެގޮތުން އަމީން ވިދާޅުވީ މި ދަތުރުގައި ފިނޭންސް މިނިސްޓްރީގެ އިތުރުން ޕްލޭނިންގ މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓީއާއި ބައްދަލުވުމުގެ ފުރުސަތު ލިބިފައި ނުވާކަމަށެވެ.

މި މަހު 13 އިން 19 އަށް ކައުންސިލުން ކުރެއްވި ދަތުރުގައި ނައިބު ރައީސް ފައިސަލް ނަސީމާއި، އިސްލާމިކް މިނިސްޓްރީ، އެންވަޔަރަންމަންޓް މިނިސްޓްރީ، ޔޫތު މިނިސްޓްރީ، ހޯމް މިނިސްޓްރީ، ޓްރާންސްޕޯޓް މިނިސްޓްރީ، އަދި ޓޫރިޒަމް މިނިސްޓްރީއާ ބައްދަލު ކުރައްވާ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އަތޮޅުގެ ތަރައްގީއަށް ދިމާވެފައިވާ ގޮންޖެހުންތަކާމެދު މަޝްވަރާކުރެއްވިކަމަށެވެ.

މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީ އާއި ސިވިލް ސާވިސް ކޮމިޝަން، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ އިސްބޭފުޅުންނާއި، އެމްޓީސީސީގެ ސީއީއޯ އަދި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރާވެސް ބައްދަލުކުރައްވާފައިވާކަމަށް އަތޮޅު ކައުންސިލުން ހާމަކުރައްވަ އެެވެ.

ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި މިބައްދަލުވުންތަކުގެ ސަބަބުން ކައުންސިލްގެ މަސައްކަތްތައް ބައްޓަން ކުރަންވީގޮތާއި އަތޮޅުގެ ތަރައްގީގެ މަޝްރޫއުތައް ހިނގާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މި ދަތުރުތަކުގައި ކުޅުދުއްފުށީ މޭޔަރާއި އަތޮޅު ރައީސްގެ އިތުރުން މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355