twitterviber whatsapp telegramfacebookyoutube instagram
29th August 2026

ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސް ކަމުން އަމީން އިސްތިއުފާ ދެއްވައިފި

ނަބީލާ އިސްމާޢީލް
Jan 12, 2023

ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުން އަމީން މުހައްމަދު އިސްތިއުފާ ދެއްވައިފި އެވެ.

ހދ ކުމުންދޫ ކައުންސިލްގެ ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ އަމީން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ، މިއަދު އަތޮޅު ކައުންސިލްގެ ރައީސަށް ފޮނުއްވެވި ސިޓީއެއްގަ އެވެ. އެ ސިޓީގައި ވިދާޅުވެފައިވަނީ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވިނަމަވެސް އޭނާގެ ފުރިހަމަ އެއްބާރުލެއްވުން ކައުންސިލުގެ ކަންކަން ހަރުދަނާ ކުރުމުގައި ލިބިލައްވާނެ ކަމަށެވެ.

އިސްތިއުފާ ދެއްވި ސަބަބު ހޯދާލުމަށް ކޭއޯއިން ގުޅާލުމުން އަމީން ވިދާޅުވީ އިސްތިއުފާ ދެއްވީ ރަށުގެ ކަންކަމަށް ބޮޑަށް އިސްކަން ދިނުމަށާއި، ރަށުގެ ކަންކަމަށް ވަގުތު ހުސްކުރަން ވެގެން ކަމުގަ އެވެ.

"އަތޮޅު ކައުންސިލްގެ ކަންކަމާ މި ވަގުތު މާ ބޮޑަށް ޓައިމް ނުދެވޭތީ ދުރުވެލީ." އަމީން ވިދާޅުވި އެވެ.

ސަރުކާރުން ހދ އަތޮޅުގެ ތަރައްގީއަށް ކުރައްވާ މަސައްކަތްތައް ލަސްވާތީ އަބަދުވެސް ފާޑުވިދާޅުވާ އަމީން ވިދާޅުވީ އެކަމަކު ކުމުންދޫ ކައުންސިލްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ.

އަމީނުއަކީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. މިއީ އޭނާ ކުމުންދޫ ކައުންސިލްގެ ރައީސްގެ މަގާމު ޖެހިޖެހިގެން އަދާކުރައްވާ 3 ވަނަ ދައުރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355