twitterviber whatsapp telegramfacebookyoutube instagram
8th November 2026

މި އަހަރު ހޮޓެލް އޭޝިއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ނަބީލާ އިސްމާޢީލް
Sep 11, 2022

މި އަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ހޮޓެލް އޭޝިއާ 2022 އަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަލިނަރީ އިންޑަސްޓްރީގެ ފަންނުވެރިންނަށް އެމީހުންގެ ހުނަރުތަކާއި ހިދުމަތްތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ފަހިކޮށްދޭ އިވެންޓެކެވެ.

އަދި މި އިވެންޓުގެ ޒަރިއްޔާއިން އެފަރާތްތަކަށް ސަރަހައްދީ ކަލިނަރީ ކޮމިއުނިޓީ ތެރޭގައި ނެޓްވޯކްކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ. މީގެ އިތުރުން ހޮޓެލް އޭޝިއާ 2022 އަކީ 150 އަށް ވުރެ ގިނަ ކުންފުންޏާއި 500 އަށް ވުރެ ގިނަ ކަލިނަރީ ކޮމްޕެޓިޝަން އެންޓްރީސް ހިމެނޭ ގޮތަށް ރާއްޖޭގައި ބާއްވާ ހަމައެކަނި އިންޓަނޭޝަނަލް ހޮޓެލް ސަޕްލައިސް އެގްޒިބިޝަނެވެ.

މި އަހަރުގެ އިވެންޓަކީ ރާއްޖޭގައި ބޭއްވޭ ހޮޓެލް އޭޝިއާގެ 16 ވަނަ އެޑިޝަންއެވެ. މި އަހަރުގެ އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 10 އިން 12 އޮކްޓޫބަރުގެ ނިޔަލަށް ދަރުބާރުގޭގެ އެގްޒިބިޝަން ހޯލްގައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ހިންގޭ ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުންދީ އެހީތެރިވުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293