twitterviber whatsapp telegramfacebookyoutube instagram
14th June 2026

ޖިންސީ ބާރު ގަދަކުރުމަށް ބޭނުންކުރާ މާމުއި، ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި

Sep 12, 2022

ންސީ ބާރުވެރިކަން އިތުރުކުރުމަށް ކަމަށް ބުނެ ބޭނުންކުރާ މާމުއިގެ ބާވަތްތަކެއް ނުވިއްކުމަށާއި ބޭނުން ނުކުރަން, މޯލްޑިވަސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އަންގައިފިއެވެ.

އެމްއެފްޑީއޭއިން މިއަދު ނެރިފައިވާ އެލާޓް މެސެޖެއްގައި ބުނީ ޖިންސީ ބާރުވެރިކަން އިތުރު ކުރުމަށް ދޭ ޑޮކްޓަރީ ބޭހެއް ކަމަށްވާ ޓްޑަލަފިލް އަދި ސިލްޑުނަފުލް ހިމެނޭ މާމުއި ރާއްޖެ އެތެރެކޮށް ވިއްކަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.

އެކަމަށް ބޭނުންކުރާ އަށް ބްރޭންޑެއްގެ މާމިއުގެ ފޮޓޯ އާންމު ކުރުމަށްފަހު އެމްއެފްޑީއޭ އިން ބުނީ އެ ބާވަތްތަކުގެ މާމުއި އަކީ ފްރޯޑް އުފެއްދުންތަކެއް ކަމަށެވެ. އަދި އެކަން އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (ޔޫއެސް އެފްޑީއޭ) އިން އެލާޓް ކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

"ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުންތައް ބޭނުންކުރުމާއި ވިއްކުމަކީ މަނާކަމެއް ކަމުގައި ދަންނަވަން," އެމްއެފްޑީއޭގެ އެލާޓްގައި ވަނީ ބުނެފައެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ މީހުން އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައި މައުލޫމާތު ސާފުކުރުމަށް ވެސް ވަނީ އެދިފައެވެ.

އެމްއެފްޑީއޭ އިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ މާމުއިގެ ބާވައްތައް އޮންލައިންކޮށް ގިނަ ބަޔަކު ދަނީ ވިއްކަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355