twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ރާނީގެ ޖަނާޒާއަށް ރައީސް ސޯލިހް އިނގިރޭސިވިލާތަށް

Sep 13, 2022

މިދިޔަ ބުރާސްފަތި ދުވަހު އުމުރުފުޅުން 96 އަހަރުގައި އަވަހާރަވި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2ގެ ޖަނާޒާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވީ ރާނީގެ ޖަނާޒާގައި ބައިވެރިވުމަށް ރައީސް ސޯލިހަށް ވަނީ ދައުވަތު އަރުވާފައި ކަމަށެވެ. އަދި ޖަނާޒާއަށް ވަޑައިގަތުމަށް ރައީސް މިހާރު ނިންމާފައިވާ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

އެ ޖަނާޒާ އޮންނާނީ އަންނަ ހަފުތާގެ ހޯމަ ދުވަހުއެވެ. ނަމަވެސް ރައީސް އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކޮންދުވަހުކު ކަމެއް މިއުވާން ވިދާޅެއްނުވެއެވެ.

ރާނީ އިނގިރޭސީންގެ ތަހުތަށް އިސްވީ 1952 ވަނަ އަހަރުއެވެ. އެއީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް (ހަ ވަނަ) އަވަހާރަވުމުންނެވެ. އެލިޒަބަތުގެ މާމާފުޅަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ރާނީ ވިކްޓޯރިޔާ އެވެ.

އެލިޒަބަތު އަވަހާރަވީ ރާނީގެ މަގާމުގައި ހުންނަވާތާ 70 އަހަރު ފުރުނު ފަހުންނެވެ. އެހާ ދިގުމުއްދަތަކަށް އެއްވެސް ބޭފުޅަކު އިނގިރޭސިވިލާތުގެ ރަސްކަމުގެ ތަޚްތުގައި ރެދަލިކުރައްވާފައެއް ނުވެއެވެ.

ރާނީގެ ޖަނާޒާއަށް ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިން ހާޒިރުވެ ވަޑައިގަންނަވާނެއެވެ. އެލިޒަބަތު އަވަހާރަވުމާއެކު އެކަމަނާގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސްވަނީ ރަސްކަމަށް އިސްކޮށްފައެވެ.

ރާނީ ފަސްދާނުލާނީ ލަންޑަންގައި ހުންނަ ވިންޑްސާ ކާސަލްގެ ގޯތިތެރޭގައި ހުންނަ، ރަސްގެފާނު ޖޯޖް ހައެއްގެ ހަނދާނީ ފައްޅީގެ ގޯތިތެރޭގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355