twitterviber whatsapp telegramfacebookyoutube instagram
17th December 2025

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ގަދަ ފަސްދުވަހަށް 100ޖީބީ އެންމެ 125 ރުފިޔާއަށް!

Sep 15, 2022

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އަމާޒުކޮށްގެން "ގަދަ ފަސް ދުވަހަކަށް 100 ޖީބީ" ގެ ނަމުގައި 125 ރުފިޔާ އަށް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

ފަސް ދުވަހުގެ މުއްދަތަކަށް ބޭނުންކުރެވޭ އެ ލިމިޓެޑް އެޑްއޮން ދިރާގު އެޕް މެދުވެރިކޮށް ނުވަތަ "Data125" ޖެހުމަށްފަހު 343 އަށް އެސްއެމްއެސްއެއް ކޮސްގެން އެކްޓިވޭޓް ކުރެވޭނެއެވެ.

ދިރާގުން ބުނީ އެ މިނި ޑޭޓާ އެޑްއޮން ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބޭނެ ކަމަށެވެ.

ދިރާގުގެ ސްޓޭންޑާޑް ޕްރިޕެއިޑް ޕްލޭންތައް ބޭނުންވާ ކަސްޓަމަރުންނަށް އެކި އަގުގައި ތަފާތު ގިނަ ޕްލޭންތައް ވަނީ ފަރުމާކޮށްފައެވެ. އެގޮތުން، ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް ހިމެނޭ "ދިރާގު ކޮންބޯ ޕްލޭންސް" ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ކޮންމެ ދުވަހަކު ވެސް އާކުރެވޭ، ޑޭޓާ އެލަވެންސްތަކާއި މުއްދަތު ހަމަވާ ތާރީހު އަމިއްލަ އަށް އިހްތިޔާރުކުރެވޭ އަދި ދިރާގު ނަންބަރުތަކަށް ހިލޭ ގުޅޭ "ސަޅި ޕްރިޕެއިޑް ޕްލޭންސް" އާއި ޒުވާނުންނަށް ހާއްސަ، ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އެލަވެންސް އަމިއްލަ އަށް ފަރުމާ ކުރެވޭ "މަމެން" ވެސް އެ ޕްލޭންތަކުގެ ތެރޭގައި ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355