twitterviber whatsapp telegramfacebookyoutube instagram
19th April 2024

މާސްޓާސް ޑިގްރީ ސްކޮލަޝިޕް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Sep 17, 2022

މާސްޓާސް ޑިގްރީ ސްކޮލަޝިޕަ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފުރުސަތު ހުޅުވާލައިފި އެވެ. މިއީ ކިޔެވުމުގެ ހުރިހާ ހަރަދެއް ހަމަޖެހިގެންދާ މާސްޓާސް ޑިގްރީ ސްކޮލަޝިޕެކެވެ.

ތައިލެންޑްގެ ޗޫލަބޯން ގްރެޖުއޭޓް އިންސްޓިޓިއުޓް ޕޯސްޓްގްރެޖުއޭޓް ސްކޮލަޝިޕަކީ ދެ އަހަރުގެ މުއްދަތުގެ ކޯހެކެވެ.

ކޯހުގެ ދާއިރާތަކުގެ ތެރޭގައި އެޕްލައިޑް ބަޔޮލޮޖިކަލް ސައިންސް: އެންވަޔަރަންމަންޓަލް ހެލްތު، އެންވަޔަރަންމަންޓަލް ޓޮކްސިއޮލޮޖީ އަދި ކެމިކަލް ބަޔޮލޮޖީ ހިމެނެ އެވެ.

ސްކޮލަޝިޕްގެ ޝަރުތުތަކުގެ ތެރޭގައި ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަސް ޑިގްރީ ހާސިލުކޮށްފައިވުމާއި މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އުމުރުން 30 އަހަރުވެފައި ނުވުން ހިމެނެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޮލަޝިޕަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 1:30 އާ ހަމައަށް އޮންނާނެ ކަމަށެވެ. އަދި އެ ސްކޮލަޝިޕަށް ރާއްޖެއިން ނޮމިނޭޓް ކުރުމަށް އަންގާފައިވަނީ ފަސް ކެންޑިޑޭޓުން ކަމަށެވެ.

ސްކޮލަޝިޕްގެ ފައިނަލް ސިލެކްޝަން ކުރިއަށްގެންދާނީ ޗޫލަބޯން ގްރެޖުއޭޓް އިންސްޓިޓިއުޓްގެ ފަރާތުންނެވެ.

ސްކޮލަޝިޕްގެ ހުރިހާ ހަރަދެއް ހަމަޖައްސާނީ ކޯސް ހިންގާ ފަރާތުންނެވެ. މީގެތެރޭގައި ޓިއުޝަން ފީ، އެހެނިހެން އެކަޑެމިކް ފީ، ދެކޮޅު ޓިކެޓާއި ވިސާ ފީ ހިމެނެ އެވެ.

މަންތްލީ ސްޓައިޕެންޑް ހަމަޖެހިފައިވާ މި ކޯހަށް ހޮވޭ ދަރިވަރުންނަށް ފަސްޓް ސެޓެލްމަންޓް އެލަވަންސާއި ރިލޮކޭޝަން އެލަވަންސްގެ އިތުރުން އެކޮމޮޑޭޝަން އެލަވަންސް އާއި ހެލްތު އިންޝުއަރެންސް ހަމަޖައްސައިދޭނީ ކޯސް އިންތިޒާމުކުރާ ފަރާތުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355