twitterviber whatsapp telegramfacebookyoutube instagram
16th April 2024

ރައީސް ގެންގުޅުއްވަނީ ތަފާތުކުރުމެއްނެތް ސިޔާސަތެއް: މޮސްޓާ

ނަބީލާ އިސްމާޢީލް
Sep 17, 2022

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވަނީ ތަފާތުކުރުމެއްނެތް ސިޔާސަތެއް ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.

މޮސްޓާ މިފަދައިން ވިދާޅުވީ ނޮޅިވަރަމްފަރުގެ ފެނުގެ ހިދުމަތް އިފްތިތާހް ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގަ އެވެ.

މޮސްޓާ ވިދާޅުވީ ނޮޅިވަރަންފަރުގެ ބިން ކިތައްމެ ބޮޑަސް، ފެހިކަން ކިތަންމެ ލިބުނަސް ފަޅު ކިއްތައްމެ ބޮޑަސް އެ ރަށަށްވެސް ފެނާއި ނަރުދަމާގެ ނިޒާމު ބޭނުންވާކަމަށެވެ.

ފެނުގެ ނިޒާމަށް އެދި އާދޭސްކުރާތާ އެތައް ދުވަހެއްފަހުން ތަރައްގީގެ ފޮނިމީރުކަން ފެނި އެކަމަށް އެދެމުން ދަނިކޮށް ކުރީގެ ސަރުކާރުން ނަރުދަމާއާއި ފެނުގެ ކަންކަން ޕްލޭންކޮށްދެއްވާފައިވަނިކޮށް މި ސަރުކާރުން އެ ޕްލޭންއާއި އެއްގޮތަށް ކޮވިޑްގެ ހާލަތުގައި މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާ ދަތި އުނދަގޫ ދަނޑިވަޅެއްގައިވެސް ދެ އަހަރުތެރޭ އެކަން ނިމުމަކަށް އައުމުން އެއީ ދިގުމުއްދަތެއް ނޫންކަމަށެވެ.

"އެހެންވީމާ މިކަންތައްތަކައްޓަކާ އަދުގެ ސަރުކާރަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން. ހާއްސަކޮށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މި ރަށާއި ދޭތެރޭގައި ވަރަށް ގާތްގުޅުމެއް ގެންގުޅުއްވާކަން އަޅުގަނޑަށް ފާހަގަކުރެވޭ." މޮސްޓާ ވިދާޅުވި އެވެ.

"ހއ. ތުރާކުނުން ފެށިގެން ނ. އަތޮޅު ކަނޑޫގަނޑާ ހަމައަށް އަޅުގަނޑު ފިޔަވާ އެމްޑީޕީ ނޫން މެމްބަރެއް ނުހުންނާނެ. އެކަމަށް ބެލުމެއްނެތި ރައީސް އަޅުގަނޑާވެސް ކަންތައްތަކާ މަޝްވަރާ ކުރައްވައިގެން އެގެންދަވާ ގެންދެވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަ ކުރާކަމެއް." މޮސްޓާ އިތުރަށް ވިދާޅުވި އެވެ.

ކޮންމެ ކަމެއްގައިވެސް ހައްލުނުވާ ކަންކަން ހުންނާނެ ކަމަށާއި އެއްވެސްމީހެއްގެ ހިތެއް ނުފުރޭނެކަމަށް ފާހަގަކުރައްވަމުން އޭނާ އިތުރަށް ވިދާޅުވީ އެގޮތުން ނޮޅިވަރަމްފަރު ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ކޮށްނުދެވޭ ކަމަށެވެ.

ލ. ގަމުގައި ބޭއްވި ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި ވެސް ސަރުކާރުން ދައުވަތު ދެއްވައިގެން މޮސްޓާ ބައިވެރިވިއެވެ. އެ ކޮންފަރެންސްގައި ލިބުނު ފުރުސަތުގެ ތެރެއިން ނޮޅިވަރަންފަރާއި، ދާއިރާގެ ތަރައްޤީއަށް ނުވެހުރި ކަންކަން އަވަސްކޮށް ދެއްވުމަށް ރައީސް އަރިހު ދެންނެވިކަމަށް މި ރަސްމިއްޔާތުގައި މޮސްޓާ ވިދާޅުވިއެވެ. އަދި ވަޒީރުންނަށް ދަންނަވައިގެން އެކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ރައީސް ދެއްވީ ވަރަށް ޕޮޒިޓިވް ޖަވާބެއްކަން ވެސް ފާހަގަ ކުރެއްވިއެވެ.

ދާއިރާގެ ތަރައްގީއަށް ކުރާ ކޮންމެ ކަމަކަށް އެއްބާރުލުން ދެއްވާނެކަމަށާއި އެ ޕްރޮޖެކްޓްތަކަށް ހުރަސްއަޅާ ބަޔަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން ކޮށްދޭ ކަންކަން ނަމެއްގައި ކޮށްދިނުމުގެ ބަދަލުގައި ވީހާވެސް ރަނގަޅަށް ކޮށްދިނުމަށް ސަރުކާރަށް އޭނާ ގޮވާލި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355