twitterviber whatsapp telegramfacebookyoutube instagram
2nd August 2026

ތިލަދުންމަތީ ޕޮލިސް ކްލަސްޓާ: މޮސްޓާގެ ނުރުހުން އެޗްފީއޭއަށް!

ނަބީލާ އިސްމާޢީލް
Oct 19, 2020
3

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހާއްސަ ހުއްދައިގެ ދަށުން ތިލަދުންމަތީ ނުރައްކަލަކަށް ވައްޓާލައިފިކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މެމްބަރު ނަޝީދު އޭނާގެ ފޭސްބުކް ޕޭޖްގައި އެޗްޕީއޭ ޓެގުކޮށް، ޖަހާފައިވާ ޕޯސްޓުގައި ވިދާޅުވީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ހާއްސަ ހުއްދައިގެ ދަށުން ތިލަދުންމަތި ނުރައްކަލަކަށް ވައްޓާލާ އެތައް ބަޔަކަށް ބިރުވެރިކަން ގެނުވައިފި ކަމަށެވެ.

Dhera kameh Health Protection Agency haassa hudhaige dhashun thiladhunmathi nurakkalah vattaalaifi ethah bayakah...

Posted by Mohamed Nasheed Abdulla-Mostaa on Sunday, October 18, 2020

އިތުރަށް އޭނާގެ ޕޯސްޓްގައި ވިދާޅުވީ ކޮވިޑްގެ ނުރައްކާ ތިލަދުންމައްޗަށް ޖެއްސީ ކޮން ބައެއްގެ އަމިއްލަ ބޭނުމެއްގައި ކޮން ކަމެއް ހާސިލްނުވެގެންތޯ ވަނީ މޮސްޓާ ސުވާލު އުފައްދާފަ އެވެ. އަދި މެމްބަރު ފާހަގަ ކުރެއްވި ގޮތުގައި މިއީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި މި އެންމެނަށް އަވަސް ޝިފާއަކަށް އެދޭކަމަށް އޭނާ ވިދާޅުވި އެވެ.

ތިލަދުންމަތީ ނުރައްކަލަކަށް ވައްޓާލައިފައިވާ ކަމަށް މެމްބަރު ނަޝީދު ވިދާޅުވެފައިވާއިރު މިއީ މުޅި ބޮޑުތިލަދުންމަތީގެ އެންމެންގެވެސް މި ވަގުތުގެ ޝަކުވާއެވެ.

ހާއްސަ ހުއްދައިގެ ދަށުން މާލެއިން ތިލަދުންމައްޗަށް ދަތުރުކުރި ފުލުހުންތަކަކާ ކޮންޓެކްޓްވެ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު ޕޮޒިޓިވްވެ އޭގެ ފަހުން އެ ޕޮލިހުންނާ ކޮންޓެކްޓްވެފައިވާ 17 އެއްހާ މީހުންވަނީ ޕޮޒިޓިވްވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355