ގދ ތިނަދޫގައި ކުރިއަށްގެންދިޔަ ގދ އަތޮޅު ކައުންސިލް އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކޮށް ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ އެތްލީޓުން ރަންވަނަތައް ހޯދާ ރަށަށް ރީތިނަން ހޯދައިދީފި އެވެ.
ތިނަދޫގައި މިމަހު ކުރިއަށް ގެންދިޔަ އެތްލެޓިކްސް ޗެމްޕިއަންޝިޕުން ޖަލާލުއްދީން ސްކޫލުން ވަނީ ޖުމްލަ 7 ރަން މެޑަލްއާއި 6 ރިހި މެޑަލް އަދި 4 ލޯ މެޑަލް ހޯދާފަ އެވެ.
ޖަލާލުއްދީން ސްކޫލުން މިމުބާރާތުގައި ވާދަކުރި ޓީމުގައި ހިމެނުނީ ޖުމްލަ 8 އެތްލީޓުންނެވެ. އެއީ 17 އަހަރުން ދަށުގެ 4 އަންހެން އެތްލީޓުންނާއި 15 އަހަރުން ދަށުގެ 4 އެތްލީޓުންނެވެ.
1. 100 މީޓަރު ސްޕްރިންޓުން ރަން މެޑަލް: އަހްނާ ނިޒާރު
2. 200 މީޓަރު ސްޕްރިންޓުން ރަން މެޑަލް: އަހްނާ ނިޒާރު
3. ލޯންގް ޖަމްޕުން ރިހި މެޑަލް: އަހްނާ ނިޒާރު
އަހްނާ މިމުބާރާތުގައި ވިދާލިއިރު އޭނާ ވަނީ 100 މީޓަރާއި 200 މީޓަރުން ރަން މެޑަލް ހޯދާފަ އެވެ. އަހްނާ އަކީ މިވަގުތު ރާއްޖޭގައި ހުރި ދެވަނައަށް އެންމެ ބާރު ދުވުންތެރިޔާ އެވެ. އޭނާ ވަނީ އެތްލެޓިކްސް އެސޯސިއޭޝަނުން އެންމެފަހުން ބޭއްވި މުބާރާތުގައި އެންމެ ބާރު ދުވުންތެރިޔާ ހިމްނާގެ ފަހަތުގައި ވިއްދާ ދެވަނަ ހޯދާ ރާއްޖޭގެ ގިނަ އެތްލީޓުންތަކެއް ފަހަތަށް ޖައްސާލާފަ އެވެ.
4. 800 މީޓަރު ދުވުން ލޯ މެޑަލް: އައިމިނަތު ސާޖިޔާ ހައްމާމް
5. 1500 މީޓަރު ދުވުން ލޯ މެޑަލް: އައިމިނަތު ސާޖިޔާ ހައްމާމް
6. 3000 މީޓަރު ދުވުން ރިހި މެޑަލް: ނިލްމާ ފާރިޝް
ޖަލާލުއްދީން ސްކޫލުން ވަނީ 17 އަހަރުން ދަށުގެ އަންހެން ކުދިންގެ 4 ގުނަ 100 މީޓަރު ރިލޭއިން ރިހި މެޑަލް ހާސިލްކޮށްފަ އެވެ. ރިލޭ ޓީމުގައި ދުވި އެތްލީޓުންނަކީ އަހްނާ ނިޒާރާއި ސާޖިޔާގެ އިތުރުން ނިލްމާ އަދި އަލީޝާ މުބައްޝިރެވެ. އަދި ހަމަ މި ރިލޭ ޓީމުން ވަނީ 17 އަހަރުން ދަށުގެ 4 ގުނަ 200 މީޓަރު ރިލޭގައި ވާދަކޮށް ރަން މެޑަލް ހޯދާފަ އެވެ.
4 އެތްލީޓުންނާއެކު 17 އަހަރުން ދަށުގެ އިވެންޓުގައި ވާދަކުރި ޖަލާލުއްދީނުން ވަނީ 17 އަހަރުން ދަށުގެ އުމުރުފުރާއިން މުޅި މުބާރާތުން ތިންވަނަ ހޯދާފަ އެވެ.
1. 100 މީޓަރު ސްޕްރިންޓުން ރަން މެޑަލް: ފާތިމަތު އާލާ އަލީ
2. 200 މީޓަރު ސްޕްރިންޓުން ރަން މެޑަލް: ފާތިމަތު އާލާ އަލީ
3. 400 މީޓަރު ސްޕްރިންޓުން ރަން މެޑަލް: މަރިޔަމް މީސާ މުޖުތަބާ
4. 200 މީޓަރު ސްޕްރިންޓުން ރިހި މެޑަލް: މަރިޔަމް މީސާ މުޖުތަބާ
5. ލޯންގް ޖަމްޕުން ރިހި މެޑަލް: ފާތިމަތު އާލާ އަލީ
6. 800 މީޓަރު ދުވުމުން ލޯ މެޑަލް: އަރޫމާ އިބްރާހިމް ހަސަން
7. 800 މީޓަރު 4 ވަނަ: އަފާފް އަބޫބަކުރު އަލީ
8. 1500 މީޓަރު ދުވުމުން ރިހި މެޑަލް: އަރޫމާ އިބްރާހިމް ހަސަން
9. 1500 މީޓަރު ދުވުމުން 4 ވަނަ: އަފާފް އަބޫބަކުރު އަލީ
15 އަހަރުން ދަށުގެ އަންހެން މެޑްލޭ ރިލޭގެ ރަން މެޑަލް ވެސް ޖަލާލުއްދީން ސްކޫލުން ވަނީ ހޯދާފަ އެވެ. މި ރިލޭ ޓީމުގައި ހިމެނުނު އެތްލީޓުންނަކީ އަރޫމާ އިބްރާހިމް ހަސަންއާއި އަފާފް އަދި އާލާއާއި މީސާ އެވެ. ހަމަ މި ރިލޭ ޓީމުން ވަނި 4 ގުނަ 100 މީޓަރު ރިލޭއިން ލޯ މެޑަލް ހާސިލްކޮށްފަ އެވެ.
15 އަހަރުން ދަށުގެ އުމުރުފުރާއިން މުޅި މުބާރާތުން ތިންވަނަ ޖަލާލުއްދީން ސްކޫލުން ހޯދިއިރު އެސްކޫލުގެ އެތްލީޓް ފާތިމަތު އާލާ އަލީ ވަނީ 15 އަހަރުން ދަށުގެ މުޅި މުބާރާތުގެ އެންމެ މޮޅު އެތްލީޓުގެ މަގާމް ހާސިލްކޮށްފަ އެވެ.