twitterviber whatsapp telegramfacebookyoutube instagram
16th April 2024

އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދޭ ހަތަރުވަނަ ޕްރޮގްރާމް ލ. އަތޮޅުގައި

ނަބީލާ އިސްމާޢީލް
Sep 20, 2022

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، އަންހެންކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމް ގާލްސް ޓު ކޯޑްގެ 4 ވަނަ ޕްރޮގްރާމް ލ.އަތޮޅުގައި ބޭއްވުމަށް ރަޖިސްޓްރޭޝަންއަށް ހުޅުވާލައިފިއެވެ.

.އަތޮޅުން އެ ޕްރޮގްރާމުގައި ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން މި ވެބްސައިޓްއަށް ޒިޔާރަތްކޮށް ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ދިރާގުން ބުނެ އެވެ.


މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ ބުރާސްފަތި ދުވަހެވެ.

ދިރާގުން ބުނީ އެ މިޕްރޮގްރާމް އަމާޒުކޮށްފައިވަނީ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް ކަމަށެވެ.

މީގެ ކުރިން އެއްވެސް ވަރަކަށް ކޯޑް ކުރުމުގެ ހުނަރު ނުވަތަ ތަޖުރިބާ ނެތް ކުދިންނަށްވެސް އެ ޕްރޮގްރާމުގައި ބައިވެރިވެވޭނެ ކަމަށާއި އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށް ދިނުމާއި އެކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގާ އެ ޕްރޮގްރާމް ކުރިއަށްދާނީ ދެ މަސް ދުވަހުގެ މުއްދަތަށް އޮންލައިންކޮށް ކަމަށެވެ.

އެ ޕްރޮގުރާމުގައި ދަސްކޮށްދޭ ކަންތައްތަކުގެ ތެރޭގައި އެޗް.ޓީ.އެމް.އެލް. އާއި ސީ.އެސް.އެސް. އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ހިމެނޭ ކަމަށާއި ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ދިރާގުން ބުނެ އެވެ.

ގާލްސް ޓު ކޯޑް ޕްރޮގްރާމަކީ އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކުރުވުމާއި އަދި ހުނަރު ތަރައްގީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް އިތުރުކުރުމަށްޓަކައި ދިރާގާއި ވިމެން އިންޓެކް މޯލްޑިވްސް ގުޅިގެން 2019 ވަނަ އަހަރުގައި ފެށި ޓްރެއިނިންގ ސީރީސްއެކެވެ.

މީގެ އެންމެ ފުރަތަމަ ޕްރޮގްރާމް ބޭއްވުނީ ފުވައްމުލަކުގައެވެ. އަދި 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު ވަނީ މި ސީރީސްގެ 2 ވަނަ ޕްރޮގްރާމް ގދ. ތިނަދޫގައިވެސް ކުރިއަށް ގެންގޮސްފައެވެ. އަދި ހަމަ އެއަހަރު ފަހުކޮޅު ސީރީސްގެ ތިން ވަނަ ޕްރޮގްރާމް ހދ.ކުޅުއްދުއްފުށީގައި ކުރިއަށް ގެންދެވުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355