twitterviber whatsapp telegramfacebookyoutube instagram
3rd September 2025

އަވައްޓެރި ފުލުހުންގެ ހަފުތާއާ ގުޅުވައި ލޭ ހަދިޔާކޮށްފި

އަބްދުލް ވާހިދު ޙަސަން
Sep 22, 2022

އަވައްޓެރި ފުލުހުންގެ ހަފުތާއާ ގުޅުވައި ލޭ ހަދިޔާކުރުމުގެ ދުވަހެއް ކުޅުދުއްފުށި ސިޓީ ފުލުހުން ކުރިއަށްގެންގޮސްފި އެވެ. އަވައްޓެރި ފުލުހުންގެ ހަފުތާއާ ގުޅުވައިގެން ފުލުހުން ގިނަ ހަރަކާތްތަކެއް ކުޅުދުއްފުށީގައި ދަނީ ކުރިއަށްގެންދަމުންނެވެ.

އެގޮތުން އިއްޔެ ވަނީ ކުޅުދުއްފުށި ސިޓީ ފުލުހުން ރީޖަނަލް ހޮސްޕިޓަލަށް ލޭ ހަދިޔާކުރުމުގެ ދުވަހެއް ކުރިއަށްގެންގޮސްފަ އެވެ.

ކުޅުދުއްފުށީގައި އަވައްޓެރި ފުލުހުންގެ ހަފުތާ ފެށިގެންދިޔައީ އާދިއްތަ ދުވަހު ހުރިހާ ސްކޫލުތަކެއްގައި ކުރިއަށްދިޔަ ހާއްސަ އެސެމްބުލީއަކުންނެވެ.

މި ހަރަކާތްތަކުގެ އިތުރުން ޕާރކްތަކަށް ޒިޔާރާތްކޮށް ސާފުކުރުމުގެ ހަރަކާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޒިޔާރާތްކުރުން ހިމެނެ އެވެ. މީގެ އިތުރުން ހާއްސަ ފުޓްބޯޅަ މެޗެއް ކުޅެ ގެތަކަށް ޒިޔާރާތްކޮށްފައިވެސް ވެ އެވެ.

އަދި ފުލުހުންނާ ގާތުން މަސައްކަތްކުރާ ފަރާތްތަކާއެކު ބައްދަލުކުރާނެ އެވެ. މި ބައްދަލުވުންތަކުގައި އެ މީހުންގެ ހިޔާލާއި މަޝްވަރާ ހޯދައި ގުޅިގެން ކުރެވެން ހުރި ކަންތައްތަކަކީ ކޮބާތޯ ބަލާނެ އެވެ.

ކުޅުދުއްފުށީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު އެވެ. އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނާއި ގާތުން، ރައްޔިތުންގެ ބައިވެރިވުމާއެކު ކުށްމަދު އަމާން މުޖްތަމައެއް އުފެއްދުމަށް މަސައްކަތް ކުރުމަށް އެކުލަވާލެވިފައިވާ ފުލުހުންގެ ހިދުމަތް ދިނުމުގެ ނިޒާމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355