twitterviber whatsapp telegramfacebookyoutube instagram
28th March 2024

އެސްޓީއޯ ހުރިހާ މުވައްޒަފުން މިއަދު މަސައްކަތަށް ނިކުތީ ހިނގާފަ

Sep 22, 2022

އެސްޓީއޯގެ ހުރިހާ މުވަޒަފުން މިއަދު މަސައްކަތަށް ނިކުތީ ހިނގާފަ އެވެ. މިއީ އެކުންފުނިން ފާހަގަކުރާ "ވޯކް ޓު ވަރކް ޑޭ" ފާހަގަ ކުރުމުގެ ގޮތުން ހިންގުނު ހަރަކާތެކެވެ.

އެސްޓީއޯއިން ބުނީ މި ދުވަސް ފާހަގަ ކުރުމުގެ މަގުސަދަކީ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ސިއްހީ ދުޅަހެޔޮކަން ޕްރޮމޯޓްކުރުމުގެ ގޮތުނާއި މިކުންފުނީގެ މުވައްޒަފުން ދުޅަހެޔޮކޮށް ތިބުމަށް ހިތްވަރުދީ އާންމު ފަރުދުންވެސް ހިނގާފައި އުޅުމަށް ލޯބި ޖެއްސުމުގެ ގޮތުން ހިންގާ ހަރަކާތެއްކަމަށް އެ ކުންފުނިން ބުނެ އެވެ.

މިއީ މި ހަރަކާތް އެ ކުންފުނިން ހިންގާ 3 ވަނަ އަހަރެވެ. ކޮވިޑްގެ ބަލި މަޑުކަމުގެ ތެރޭގައި މި ހަރަކާތް މެދުކެނޑުމަށްފަހު މިއަހަރު އަލުން މި ހަރަކާތް މިވަނި ފަށާފަ އެވެ. އެ ކުންފުނީގެ މުވައްޒަފުން މުޅި ދުވަހު އުޅޭނީ ފައިމަގުގަ އެވެ.

"އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް މުޅި ކުންފުނީގެ އެންމެހާ މުވައްޒަފުން މަސައްކަތަށް ނުކުންނާނީ ފައިމަގުގައި ހިނގާފައި. އުއްމީދަކީ ވަކި އުމުރަކަށް ބެލުމެއްނެތި މިހަރަކާތް ވަރަށް ކާމިޔާބު ކަމާއިއެކީ ކުރިއަށް ގެންދެވުން" އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯއިން އަބަދުވެސް އަންނަނީ މުވައްޒަފުންނަކީ ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމަށް މަސައްކަތްކޮށް، ސިއްހަތަށް ފައިދާ ހުރި ގިނަ ކަންކަން މުވައްޒަފުންގެ މެދުގަޔާއި އާންމުންނަށް ހުޅުވާލައިގެން ރާވައި ހިންގާފައެވެ. އެގޮތުން އެސްޓީއޯގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ އެކި ހަރަކާތްތައް ފާއިތުވި ދުވަސްތަކުގައި ރާވައި ހިންގާފައިވެ އެވެ.

އެސްޓީއޯއާއި އެސްޓީއޯ ޤްރޫޕް ކުންފުނިތަކުގެ މުވައްޒަފުންނަށް ޒަމާނީ ވަސީލަތްތަކާއިއެކު ތައްޔާރުކޮށްފައިވާ ޖިމަކީ އެ ކުންފުނީގެ މުވައްޒަފުންގެ ދުޅަހެޔޮކަމަށް ހެދިފައިވާ ތަނެކެވެ.

އެސްޓީއޯގެ އަމާޒަކީ މުވައްޒަފުންނާއި ރައްޔިތުންނަށް ފައިދާ ހުރި ކަންކަމާއިމެދު ހޭލުންތެރިކުރުވައި، ސިއްހަތަށާއި، ތިމާވެއްޓަށް ފައިދާ ހުރި އާދަތަށް މިމުޖުތަމައުގައި އަށަގެންނެވުމަށް މަސައްކަތް ކުރުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355