twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރައީސް މި ފެށޭ ހަފްތާ ބޮޑު ތިލަދުންމައްޗަށް

Sep 24, 2022
1

މިފެށޭ ހަފްތާގައި ބޮޑު ތިލަދުންމަތީގެ ބައެއްރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސް ޕަރސަން މިއްވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއްވާން މިހެން ވިދާޅުވީ ސަރުކާރުންކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތު ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ބޮޑު ތިލަދުންމަތީގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތައް އިފްތިތާހްކޮށްދެއްވާނެ އެވެ. މީގެ އިތުރުން ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ. އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

ކޭއޯއަށް އެނގިފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި ފިނޭގައި ހަދާފައިވާ ފެނަކަ އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވާނެ އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ ބޮޑު ތިލަދުންމައްޗަށް މިސަރުކާރުން އަންނަނީ ބޮޑު ބަދަލެއް ކަމުގަޔާއި ބޮޑު ތިލަދުންމަތީގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަމުންދާކަމަށެވެ.

އާރްޓީއެލްގެ ފެރީނިޒާމާއި އެކު ބޮޑުތިލަދުންމަތި ދަތުރުފަތުރުން ގުޅާލެވިފައި ވާކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫއުތަކާއި ތިލަދުންމަތީގެ ރަށްރަށުގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫއުތަކާއި އެނޫންވެސް އުމްރާނީ ތަރައްޤީގެ އެތައް ގިނަ މަޝްރޫއުތަކެއް ހިނގަމުންދާ ކަމަށެވެ.

މީގެއިތުރުން ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި މާދަމާ ސޮއިކުރެވޭނެ ކަމުގައިވެސް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ޖަޒީރާ ދިރިއުޅުމަށް ދިވެހިން އެނބުރި ދިޔުމަށް ކުރަމުންދާ މަސައްކަތުގައި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ކޮންމެ ރަށެއްގައިވެސް އަސާސީ ހިދުމަތްތައް ގާއިމްކޮށް އެހެން ރަށްރަށަށް ދަތުރުކުރެވޭނެ ފަސޭހަ ނިޒާމެއް ގާއިމްކޮށް، ހިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތަކެއް ހަމަޖެެއްސެވުމަށް ކަމަށެވެ. . އަދި މިމަސައްކަތުގައި ބޮޑު ތިލަދުންމަތި ވެގެންދާނީ، ނަމޫނާ ސަރަހައްދަކަށް ކަމުގައިވެސް މިއުވާން ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355