ޖަލާލުއްދީން ސްކޫލްގެ ޕީޓީއޭއިން އިސްނަގައިގެން ކުރިއަށްގެންދާ ޓްރޭޑް ފެއާގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ. މިއަހަރުގެ ވެސް ފެއާ އޮންނާނީ ޑިސެމްބަރު މަހު ކަމަށެވެ.
ޑިސެމްބަރު 15 ން 17 ގެ ނިޔަލަށް ޖަލާލުއްދީން ސްކޫލްގައި ކުރިއަށްދާ ޓްރޭޑް ފެއާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ އޮކްޓޫބަރު މަހު 20 ވަނަ ދުވަހުގެ ކުރިން 6528859 / 9939405 ނަންބަރު ފޯނަށް ގުޅާ ނަން ނޯޓް ކުރުމަށް އެ ސްކޫލުން ވަނީ އެދެފަ އެވެ.
ޖަލާލުއްދީން ސްކޫލް ޕީޓީއޭއިން އިންތިޒާމްކޮށްގެން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ބޮޑު ބަންދާ ދިމާކޮށް ބާއްވާ ވިޔަފާރިވެރިންގެ މިފެއަރ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ފެއަރ އެކެވެ.
ގިނަ އަދަދެއްގެ މުދާ އެތަންނަކުން ހެޔޮ އަގުގައި ލިބެންހުންނަ މިފެއަރ އަކީ ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ޓްރޭޑްފެއަރ އެވެ.