twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކޭއާރުއެޗުގައި ލިގަމެންޓް ބަދަލުކުރުމުގެ ކޭމްޕެއް ބާއްވަނީ

Sep 24, 2022
1

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކައިރި މުސްތަގުބަލެއްގައި ކަކުލުގެ ލިގަމެންޓް ބަދަލުކުރުމުގެ ކޭމްޕެއް ކުރިއަށްގެންދާނެކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

ކޭއާރުއެޗުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ލޯންޗުކުރުމަށް މިދިޔަ ބުރާސްފަތިދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުންނެވި ޗީފް އެގްޒެކްޓިވް އޮފިސަރ އަހުމަދު ދާއޫދު (ޑޭވިޑް) ވިދާޅުވީ، ކަކުލު ހުޅުގެ ބަދަލުކުރުމުގެ އޮޕަރޭޝަންތައް ގަވައިދުން އެ ހޮސްޕިޓަލުގައި ކުރަމުންދާ ކަމަށެވެ.

އެގޮތުން ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންގެ ތަފާތު ހަތަރު ކޭމްޕެއް މިހާތަނަށް ބޭއްވިފައިވާއިިރު އެ ކޭމްޕްތަކުން ކަކުލު ހުޅު ބަދަލުކުރުމުގެ 30 އޮޕަރޭޝަންކޮށްފައިވާ ކަމަށެވެ.

މިސަރަހައްދުގައި ލިގަމެންޓް ސާޖަރީ ހަދަން ބޭނުންވެފައިވާ ތިބި ފަރާތްތަކަށް އެކަން މަގުފަހިކޮށްދިނުމުގެ ގޮތުން ކައިރި މުސްތަގުބަލެއްގައި ލިގަމެންޓް ބަދަލުކުރުމުގެ އޮޕަރޭޝަންގެ ކޭމްޕެއް ކޭއާރުއެޗުގައި ކުރިއަށްގެންދާނެކަމަށް ޑޭވިޑް ވިދާޅުވި އެވެ.

"މިހާރު ގަވާއިދުން މި ކުރިއަށްގެންދާ ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންގެ އިތުރުން އަދި الله ގެ އިރާދަފުޅާއެކު ކައިރި މުސްތަގުބަލެއްގައި އަޅުގަނޑުމެން މި ސަރަހައްދުގައި ލިގަމެންޓް ސާރޖަރީސް ހަދަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެކަން މަގުފަހިކޮށްދިނުމަށްޓަކާ ކޭމްޕެއް ބާއްވާނަން." ކޭއާރުއެޗުގެ ޑީސީއީއޯ ވިދާޅުވި އެވެ.

ލިގަމެންޓް ސާޖަރީ ކޭމްޕެއް ބޭއްވިއްޖެނަމަ އެކަމުގެ ފައިދާ މި ސަރަހައްދުގެ ގިނަ ރައްޔިތުންތަކަކަށް ކުރާނެކަމުގައި ޑޭވިޑް ފާހަގަކުރެއްވި އެވެ.

އެ ހޮސްޕިޓަލްގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކަށީގެ މައްސަލަތަކުގައި ޑޮކްޓަރަކަށް ދައްކާ މީހުންގެ އަދަދު ގިނަ އެވެ. ހިތުގައި މައްސަލަތަކަށްފަހު ދެވަނައަށް އެންމެ ގިނަ މީހުން އިތުރު ފަރުވާއަށް މާލެ ފޮނުވަން ޖެހެނީވެސް ކަށީގެ މައްސަލަތަކުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355