twitterviber whatsapp telegramfacebookyoutube instagram
27th April 2024

ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއަކީ މުޅި ރާއްޖޭގެ އިގްތިސޯދަށް އިންގިލާބީ ބަދަލެއް ގެންނާނެ ޕްރޮޖެކްޓެއް: އަމީރު

އަބްދުލް ވާހިދު ޙަސަން
Sep 24, 2022
1

ހދ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ ބޮޑު ތިލަދުންމަތީގެ އިގުތިސޯދަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއްކަމަށް ފައިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ހިންގަން ނިންމާފައިވާ ބިޔަ ޕްރޮޖެކްޓްގައި މާދަމާ ރޭ ސޮއިކުރާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވާފައިވަނީކޮށް މިނިސްޓަރު އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ތަރައްގީގެ މަޝްރޫއަކީ ބޮޑު ތިލަދުންމަތީގެ އިތުރުން މުޅި ރާއްޖޭގެ އިގްތިސޯދަށް އިންގިލާބީ ބަދަލެއް ގެންނާނެ ޕްރޮޖެކްޓެއް ކަމަށެވެ.

އަދި މިއީ މާލޭން ބޭރު ސަރަހައްދެއްގައި ރާއްޖޭގެ ތާރީހުގައިވެސް ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް ކަމަށެވެ.

އަމީރު ވިދާޅުވީ، ފެންނަން ހުރި ހަގީގަތަކީ ދުނިޔޭގެ އިގްތިސޯދަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއެކުވެސް ސަރުކާރުން ރާއްޖޭގެ އެކި ރަށްތަކުގައި އެކި ދާއިރާތަކުން ގެންނަމުންދާ ތަރައްގީއަކީ މީގެ ކުރީގެ އެއްވެސް އަހަރުތަކަކަށް ވުރެ ބޮޑު އަދި ވަށާ ޖެހޭ ތަރައްގީއެއް ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް އިންޑިޔާގެ، ޖޭއެމްސީ ކުންފުންނާ ހަވާލުކުރީ މިއަހަރުގެ އޯގަސްޓްމަހު އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއު އެ ކުންފުންޏާ އެވޯޑްކޮށްފައިވަނީ 136،625،386.44 އެމެރިކާ ޑޮލަރަށެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅުގައި ފެށިގެންދާނެ ކަމަށާއި އަދި 2024 ގައި މަޝްރޫއު ނިމި އެއާޕޯޓްގެ ހިދުމަތް ފެށިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

އެކޮނޮމިކް މިނިސްޓްރީން ބުނީ، ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް މި އެއާޕޯޓްގައި ގާއިމުކުރެވިގެންދާނެ ކަމަށާއި މިމަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓް ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355