twitterviber whatsapp telegramfacebookyoutube instagram
5th October 2026

ށ.އަތޮޅު ކައުންސިލްގެ ޤުރުއާން މުބާރާތުގެ 1 ވަނަ މިލަންދޫ ސްކޫލް

ނަބީލާ އިސްމާޢީލް
Sep 24, 2022

ށ. އަތޮޅު ކައުންސިލުން ބޭއްވި "އެސް.ޓީ.އޯ ވިޔަވަތި ޤުރުއާން މުބާރާތް 2022" ގެ ފަޚުރުވެރި 1 ވަނަ މިލަންދޫ ސްކޫލުން ހޯދައިފިއެވެ.

އެ އަތޮޅުގެ 10 ސުކޫލަކުން 85 ދަރިވަރުން ވާދަކުރި މިމުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީއެވެ.

މި މުބާރާތުގައި ބައިވެރިވި އެ ސްކޫލުގެ ސާދަ ދަރިވަރުންނަށް ވެސް އެކި ވަނަތައް ލިބިފައިވެއެވެ. މި މުބާރާތުން އެންމެ މޮޅު ދެވަނަ ސްކޫލަކަށް ފުނަދޫ ސްކޫލް ހޮވުނުއިރު، ތިންވަނަ ސްކޫލަކަށް ހޮވުނީ ފޯކައިދޫ ސްކޫލެވެ.

ވިޔަވަތި ޤުރުއާން މުބާރާތުގެ ދެ ގޮފީގެ ވަނަތަކަށް ހޮވުނު ދަރިވަރުން

  • ބަލައިގެން ކިޔެވުމުން އެއްވަނަ އާމިނަތު ރައިޝާ ރަޝީދު - މިލަންދޫ ސްކޫލް
  • ބަލައިގެން ކިޔެވުމުން ދެވަނަ މުހައްމަދު ރާއިން ރަފީޢު - ފީވަކު ސްކޫލް
  • ބަލައިގެން ކިޔެވުމުން ތިން ވަނަ އައިމިނަތު ސިޒާ މުޙައްމަދު - މިލަންދޫ ސްކޫލް
  • ނުބަލައި ކިޔެވުމުން އެއް ވަނަ އާއިޝަތު ޝަބާ - މިލަންދޫ ސްކޫލް
  • ނުބަލައި ކިޔެވުމުން ދެ ވަނަ އާއިޝަތު ޝުރުފާ ޝަފާޛު
  • ނުބަލައި ކިޔެވުމުން ތިން ވަނަ އައިޝަތު ރައުފާ އިސްމާއިލް - މިލަންދޫ ސްކޫލް

މިމަހުގެ 22 އިން ފެށި މިމުބާރާތް 24 އަށް ބޭއްވުނު މި މުބާރާތުގެ އެންމެ މޮޅު 30 ދަރިވަރުން ޤައުމީ ޤުރުއާން މުބާރާތަށް ވަނީ ހޮވިފައެވެ. އެއީ ޖޫނިއާ އާއި ސީނިޔާ ކެޓަގަރީގެ ތެރެއިން ކޮންމެ ކެޓަގަރީއަކުން 15 ދަރިވަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293