twitterviber whatsapp telegramfacebookyoutube instagram
20th April 2024

24 އަހަރު ފަހުން އުތީމަށް އާ އިންޖީނުގެއެއް

ނަބީލާ އިސްމާޢީލް
Sep 28, 2022

ހއ. އުތީމުގައި އަލަށް ޢިމާރާތްކުރި އާ އިންޖީނުގެއާއި، އޮފީސް އިމާރާތް އިއްޔެ ހުޅުވައިފިއެވެ.

މި އިމާރާތް ހުޅުއްވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިހާރު އުތީމަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނެއެވެ.

ފެނަކަ ކޯޕަރޭޝަން އުތީމުގައި ބިނާކޮށްފައިވާ އާ އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުއްވައި ދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާ އިންޖީނުގެ ހުޅުވިގެން ދިޔުމާއެކު އުތީމުގެ ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކަށް ނިމުމެއް އައީ ކަމަށެވެ. އަދި އުތީމުގައި ކަރަންޓްގެ ޚިދުމަތް ފެށިގެން އައި ގޮތާއި އެ ޚިދުމަތް ތަރައްޤީވެގެން އައި ގޮތުގެ މައްޗަށް އަލި އަޅުއްވާލަވާ ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް ވިދާޅުވީ، 5 ކިލޯވޮޓްގެ ޖަނަރޭޓަރަކުން ފެށުނު ކަރަންޓްގެ ޚިދުމަތް މިހާރު މިވަނީ އެއް މެގަވޮޓްއާ ހަމައަށް ތަރައްޤީކުރެވިފައި ކަމަށެވެ. އަދި ރައްޔިތުން އެދި އެދި ތިބި ޚިދުމަތްތައް ދިނުމުގައި ފެނަކައިން އިޚްލާސްތެރި އަދި ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވިގޮތުގައި އެމަނިކުފާނާއި ސަރުކާރާއި ރައްޔިތުންގެ ފުރިހަމަ އިތުބާރު ފެނަކައިގެ ޗެއަރމަނަށާއި، އެމް.ޑީ.އަށް އަދި މުވައްޒަފުންނަށް އެބައޮތެވެ. އަދި، ކަންކަން ކުރުމުގައި އޭގެ އެންމެ ރަނގަޅު ގޮތް ބަލައި، ރައްޔިތުންނަށް އެންމެ ފައިދާހުރި، ސަރުކާރަށް އެންމެ ލާބަހުރި ގޮތުގައި ފެނަކައިން މަސައްކަތްތައް ނިންމައި ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހއ. އުތީމުގައި ކުރިން ހުރި އިންޖީނުގެއަކީ، މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި، 24 އަހަރުވީ އިންޖީނުގެ އެކެވެ. އަލަށް ޢިމާރާތްކުރެވުނު އިންޖީނުގެއާއި އޮފީސް ޢިމާރާތް ބިނާކުރެވިފައިވަނީ، މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައެވެ. މި އިންޖީނުގެ ފަރުމާކޮށްފައި ވަނީ 600 ކިލޯވޮޓްގެ 4 ޖެންސެޓް ބެހެއްޓޭގޮތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355