ކިޔަވައިދޭ މުދައްރިސުން ދަރިވަރުންނަށް ދައްކާ ހެޔޮ ނަމޫނާ އަކީ ދަރިވަރުންގެ ދިރިއުޅުމުގައި ދާއިމަށް ހަރުލާނެ އެއްޗެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހާއި ގުޅިގެން ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓީޗަރުން އުގަންނައިދޭ ރަނގަޅު ކަންކަމަކީ އަބަދަށް ދަރިވަރުންގެ ކިބައިގައި ހަރުލާނެ ކަންކަން ކަމަށާއި، ދަރިވަރުން ތަރުބިއްޔަތުކުރުމަށް އެފަރާތްތަކުން ކުރައްވަނީ ބުރަ މަސައްކަތްތަކެއް ކަމަށެވެ.
The positive impression that teachers leave on us is permanent. We owe so much to their selfless hard work- to educate our children, to guide and prepare them for life. On #TeachersDay2022 I convey my gratitude and deep appreciation to teachers across Maldives.
— Ibrahim Mohamed Solih (@ibusolih) October 5, 2022
ރައީސް ވަނީ މިއަދު ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ހުރިހާ މުދައްރިސުންނަށް އަރިސްކުރައްވާ އެފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ.
މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކެއްގެ ހުރިހާ ސްކޫލްތަކެއްގައިވެސް އަންނަނީ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން ޓީޗަރުންގެ ދުވަހު އެފަރާތްތަކަށް އަގުވަޒަންކޮށް ހަދިޔާ އަދި ކާޑުތައް ދިނުމާއި، ބެލެނިވެރިން ބައިވެރިވާ އެކި ހަރަކާތްތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ.
މުދައްރިސުންގެ ދުވަހަކީ މުދައއްރިސުން ކުރައްވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށް މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ފާހަގަކުރާ ދުވަހެކެވެ.
ޓީޗަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު ފަސްވަނަ ދުވަހެވެ. މިއަހަރުގެ ޝިއާރަކީ "ދަ ޓްރާންސްފޮމޭޝަން އޮފް އެޑިޔުކޭޝަން ބިގިންސް ވިތް ޓީޗަރ" އެވެ.