twitterviber whatsapp telegramfacebookyoutube instagram
19th April 2024

ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ދެ އެވޯޑެއް ދިރާގަށް

ނަބީލާ އިސްމާޢީލް
Oct 6, 2022

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވާ ތަރައްގީކުރުމުގައި މުހިންމު ދައުރެއް އަދާ ކޮށްފައިވާތީ ދެ އެވޯޑެއް ދިރާގަށް ލިބިޖެއެވެ.

ސަރުކާރާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މި މަހުގެ ތިން ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފްލާގައި ދިރާގުގެ އަގުވަޒަންކޮށްފައެވެ.

ދިރާގަށް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް ދެއްވި 'ޕްރެޒިޑެންޓްސް ގޯލްޑް އެވޯޑް ފޮއޯ އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޝަންސް ޓު ދަ ޑިވެލޮޕްމަންޓް އޮފް ޓޫރިޒަމް އިން ދަ މޯލްޑިވްސް' އެވޯޑު ލިބިފައެވެ.

މީގެ އިތުރުން، މަޓީގެ ފަރާތުން އެ ކުންފުންޏަށްވަނީ އަގުވަޒަންކުރުމުގެ 'ފަތުރުވެރިކަމުގެ 50 އަހަރު' އެވޯޑް ލިބިފައެވެ. މި ދެ އެވޯޑްވެސް ދިރާގަށް ލިބިފައިވަނީ ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ތަރައްޤީކޮށް ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ފުޅާކުރުމުގައި ދިރާގުން އަދާކޮށްފައިވާ ދައުރު ފާހަގަކުރުމުގެ ގޮތުންނެވެ.

މި ދެ އެވޯޑާ ވެސް ހަވާލުވެވަޑައިގަތީ ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވި 'ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް' އެވޯޑްއާއި މަޓީގެ ފަރާތުން ދެއްވި '50 އަހަރުގެ ޓޫރިޒަމް' އެވޯޑް ލިބުމަކީ ފަޚްރެއް ކަމުގައި ދިރާގުން ބުންޏެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން، ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މި ދާއިރާ އިތުރަށް ކުރިއަރުވާ ތަރައްގީކޮށް ޒަމާނީ އާ ބަދަލުތަކެއް ފަތުރުވެރިކަމަށް ގެނެސްދިނުމަށް ކަމަށް ދިރާގުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355