twitterviber whatsapp telegramfacebookyoutube instagram
1st May 2024

ރައީސްގެ ދެކަނބަލުން ބަހްރައިންގެ ދާރުލްއާސާރަށާއި ގުރުއާން ފެސިލިޓީއަށް ޒިޔާރަތް ކުރައްވައިފި

ނަބީލާ އިސްމާޢީލް
Oct 8, 2022
1

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބަހްރައިންގެ ގައުމީ ދާރުލްއާސާރާއި، ބަހްރައިންގެ ބައިތް-އަލް ގުރްއާން ފެސިލިޓީއަށް ޒިޔާރަތްކުރައްވައި އެދެތަން ބައްލަވާލައްވައިފިއެވެ.

ބަހްރައިންގެ ގައުމީ ދާރުލްއާސާރު ރަސްމީކޮށް ހުޅުއްވައިދެއްވީ 15 ޑިސެމްބަރ 1988 ގައި، އަމީރު ޙުސްނުޢީ ބިން ސަލްމާން އަލްޚަލީފާއެވެ.

މި ދާރުލްއާސާރު ހަދާފައި ހުންނަނީ ދެ އިމާރާތް ގުޅުވައިގެންނެވެ. އަދި މިތަނުގައި ދާއިމީ އެގްޒިބިޝަން އޭރިއާއާއި، ވަގުތީ އެގްޒިބިޝަން ހޯލްތަކާއި، އާރޓް ގެލަރީއަކާއި، ލެކްޗަރ ހޯލެއް ހިމެނެއެވެ. މި ދާރުލްއާސާރުގައި ބަހްރައިންގެ ތާރީހުގެ 6000 އަހަރު ވީ ތަކެތި ރައްކާކޮށްފައިވެއެވެ.

ބައިތް-އަލް ގުރުއާން ފެސިލިޓީއަކީ 1990 ވަނަ އަހަރު އުފެއްދި މަލްޓި ޕާޕަސް އިމާރާތެކެވެ. މި ތަން އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އިސްލާމީ ދާރުލްއާސާރަކަށް ވުމުގެ ސަބަބުންނެވެ. އަދި މިތަނަކީ ދުނިޔޭގެ އެންމެ މަޝްހޫރު އިސްލާމީ ދާރުލްއާސާރުތަކުގެ ތެރޭގައި ހިމެނޭ އެއްތަނެވެ. އަދި މިތަން އިމާރާތްކުރެއްވީ ގުރުއާނާއި އެނޫންވެސް ވަރަށް މަދުން ނޫނީ ނުފެންނަ އިސްލާމީ މުސްހަފްތަކުގެ ވަށާޖެހޭ އަދި އަގުހުރި ކަލެކްޝަނެއް ރައްކާތެރިކޮށް ބެހެއްޓުމަށްޓަކައެވެ.

މި އިންސްޓިޓިއުޝަންގެ ދާރުލްއާސާރުގައި އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތާރީހީ ގުރްއާނުގެ ފަތްފުއްތައް ފެންނަން ހުރެއެވެ. އޭގެ ތެރޭގައި އިރުމައްޗާއި، ޗައިނާއާއި، ހުޅަނގުގައި އޮތް ސްޕެއިންގެ ފަތްފުއްތައް ހިމެނެއެވެ. އެއީ ފުރަތަމަ ހިޖުރައިން 622-722 ވަނަ އަހަރު އަދި އިސްލާމީ ރަންޒަމާނުން ފެށިގެން މިއަދާ ހަމައަށް ކެލިގްރަފިކް އާދަކާދަތައް ކުރިއަރަމުން އައި ގޮތް ދައްކުވައިދޭ ބިނާތަކެކެވެ.

ރައީސްގެ ދެކަނބަލުން މިހާރު ބަހްރައިންއަށް ކުރައްވަމުންދާ ދަތުރުފުޅަކީ ބަހްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355