twitterviber whatsapp telegramfacebookyoutube instagram
31st May 2026

މޫސުން ގޯސްވެ ޔާމީންގެ ހއ އަތޮޅު ދަތުރުފުޅު ފަސްކުރައްވައިފި

ނަބީލާ އިސްމާޢީލް
Oct 12, 2022

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހއ އަތޮޅުގެ ފަސް ރަށަކަށް ކުރައްވަން ނިންމަވާފައިވާ ދަތުރުފުޅު ފަސްކުރައްވައިފި އެވެ.

ރައީސް ޔާމީން ހއ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަތުމަށް ކުރިން ހަމަޖެހިފައި އޮތީ މިއަދުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިދަތުރުފުޅުގައި ހއ. ކެލާ، ބާރަށް، ދިއްދޫ، އިހަވަންދޫ އަދި ތުރާކުނަށް ރައީސް ޔާމީން ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.

ޕީޕީއެމް އިން މިއަދު ކުރި ޓުވީޓްގައި ބުނީ ރައީސް ޔާމީންގެ ދަތުރުފުޅު ފަސްކުރެއްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. މޫސުން ރަނގަޅު ނަމަ އަންނަ ހޮނިހިރު ދުވަހު އެމަނިކުފާނުގެ ދަތުރުފުޅު އަލުން ފައްޓަވާނެ ކަމަށެވެ.

ރައީސް ޔާމީން ކުރައްވާ މި ދަތުރުފުޅުގައި ޕާޓީގެ މެންބަރުންނާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމުން ބުނެ އެވެ.

މީގެއިތުރުން ޕާޓީގެ ހަރަކާތްތައް ރަށްރަށުގައި ވަރުގަދަކޮށް ރިޔާސީ އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް ވާނެ ކަމަށްވެސް އެ ޕާޓީން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355